Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2024 | އަންގާރަ 06:41
ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް
ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް
ރާއްޖެއެމްވީ
ފެނަކަ
އެސްޓީއޯގެ ދަށަށް ފެނަކަ ގެންގޮސް ވަގުތީ މުވައްޒަފުން ކަނޑާލާނެ ކަމަށް ގަބޫލުކުރެވޭ: ޝަރީފް
ހަރަދުކުޑަކުރަން ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ހަރަދުކުޑަރާނެ ގޮތުގެ ތަފްސީލެއް ދީފައި ނުވޭ
ފެނަކައިގެ ދާއިމީ މުވައްޒަފުންނަށް 23 މިލިއަން ރުފިޔާ ހަރަދުވާ އިރު، ވަގުތީ މުވައްޒަފުންނަށް 60 އާއި 70 މިލިއަން ރުފިޔާ ހަރަދުކުރޭ

އެސެޓުގެ ވެލިއުއަަށް ބަލާލާއިރު ފެނަކައަކީ ބަނގުރޫޓްވެފައިވާ ކުންފުންޏެކޭ ބުނެވޭނެ ޖާގައެއް ނެތް ކަމަށް ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަވަރު ބެރު ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އަންގާރަ ދުވަހުގެ ރޭ ޝަރީފް ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހެދުމުގެ ވާހަކަ ވަރަށް ބާރަށް ދެކެވެމުން އަންނަ ކަމަށެވެ. ފެނަކަ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އޮޕަރޭޝަން ހިންގާ ކުންފުނި ކަމަށެވެ. 4 އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި އަސާސީ ހިދުމަތް ދެމުން އަންނަ ކުންފުންޏަކަށް ވެފައި، ގިނަ އާއިލާތަކަކާއި ސީދަ ގުޅިފައިވާ ކުންފުންޏެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

ޝަރީފް ވިދާޅުވީ ފެނަކަ އެސްޓީއޯގެ ދަށަށް ގެންދަނީ ހަރަދުކުޑަކުރަން ކަމަށް ވާހަކަ ދެކެވުނު ނަމަވެސް ހަރަދުކުޑަރާނެ ގޮތުގެ ތަފްސީލެއް ދީފައި ނުވާ ކަމަށެވެ. އަދި މި ނިންމުމުގައި ފޮރުވިފައިވާ ބޮޑު އެޖެންޑާއެއް ހިމެނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

އެއްކަމަކީ އެސްޓޯއަކީ ވަރަށް ހެލްދީ އަދި ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެއް. އެ ކުންފުނީގެ ދަށަށް ދިއުމުގެ ސަބަބުން ކުރާނީ ކޮން ފައިދާއެއްތޯ ބަލާލާއިރުގައި، ފެނަކައަށް އެއްވެސް ފައިދާއެއް އަދި ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތް. މައިގަނޑު ބޭނުމަކީ ފެނަކައިގެ ބެލެންސްޝީޓް ކްލީންކޮށްލަން. އެސްޓީއޯއިން ތެޔޮ ނަގާނަމަ ދެން ފެނަކައިން އެ ބިލް ދައްކަން ނުޖެހޭނެ. ފެނަކައަކީ އެސެޓްވައިސް ބަލާނަމަ އެންމެ އެސެޓް ގިނަ އެއް ކުންފުނި. މިހާރު އުފެދޭ ސުވާލަކީ އެސްޓީއޯއަކީ ވިޔަފާރި ކުންފުންޏަކަށް ވުމުން، ކަރަންޓުގެ އަގަށް ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެއް.
ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ ފެނަކައިގެ ދާއިމީ މުވައްޒަފުންނަށް 23 މިލިއަން ރުފިޔާ ހަރަދުވާ އިރު، ވަގުތީ މުވައްޒަފުންނަށް 60 އާއި 70 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ. އަދި އެސްޓީއޯގެ ދަށަށް ފެނަކަ ގެންގޮސް ވަގުތީ މުވައްޒަފުން ކަނޑާލާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި، މިއީ އެތަކެއް އާއިލާއަށް އެކަމުގެ ސަބަބުން އަސަރުކުރާނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެސްޓީއޯގެ ދަށަށް ފެނަކަ ގެންދިއުމުގެ ބަދަލުގައި ސްޓެލްކޯގެ ދަށަށް ބަދަލުކުރި ނަމަ ޓެކްނިކަލް ގޮތުން ކުންފުންޏަށް ބޮޑަށް ފައިދާވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް