ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 18:27
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ޓްވިޓަރ
ކުރީގެ ރައީސް ޔާމީން ހައްޔަރުކުރަން އުޅުން
ކުރީގެ ރައީސް ޔާމީން ހައްޔަރުކުރަން އުޅޭކަމަށް ބުނެ ދައުރުވަނީ ފޭކް ރިޕޯޓެއް - ފުލުހުން
އެ ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑަރ އާއި ފުލުހުންގެ ލިޔުންތަކުގައި ބޭނުންކުރާ ހެޑާ އާއި ދިމާ ނުވާކަން ފާހަގަވެފައިވޭ
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެން ރިޕޯޓްގައި ބޭނުންކޮށްފައިވޭ
މި ރިޕޯޓް އުފައްދާ ދައުރުކުރަމުންދާ މައްސަލަ ފުލުހުން ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު ކަމަށް ބުނެ ދައުރު ކުރާ ރިޕޯޓަކީ ސައްހަ ނޫން ލިޔުމެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ކުރީގެ ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓްކަމަށް ބުނެ ދައުރު ކުރަމުންގެންދާ ރިޕޯޓާ ގުޅޭގޮތުން ފުލުހުން ވަނީ އެކަން ކުށްވެރިކޮށް ނޫސް ބަޔާނެއް ނެރެފައެވެ. އެފަދަ ނޫސްބަޔާނެއް ނެރެފައި މި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްޔަރުކުރަން އުޅޭ ކަމަށް ބުނެ މީސްމީޑިއާގައި އެފަދަ ލިޔުމެއް ދައުރުވަމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެ ރިޕޯޓާއި ގުޅޭގޮތުން ފުލުހުން ބެލި ބެލުމުން އެ ރިޕޯޓްގައި ބޭނުންކޮށްފައިވާ ހެޑަރ އާއި ފުލުހުންގެ ލިޔުންތަކުގައި ބޭނުންކުރާ ހެޑާ އާއި ދިމާ ނުވާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ހަމައެހެންމެ ދައުރުކުރަމުންދާ މި ސައްހަ ނޫން ރިޕޯޓްގައި އޭރުގެ އެކްޓިން ކޮމިަނަރ އޮފް ޕޮލިޒް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި ސޮއިކުރައްވަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕޯކްސް ޕަރސަން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާންގެ ސޮއި ފޯޖުކޮށްގެން ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެން އެކުލަވާލާފައިވާ ރިޕޯޓެއް ކަަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ފުލުހުންގެ ބައެއް އިސްވެރިންގެ ސޮއި ފޯޖުކޮށް މި ލިޔުމުގައި ބޭނުންކޮށްފައިވާ ކަމަށާއި، އޭގައި ސައްހަނޫން ވާހަކަތަކާއި ބަދަލު ގެނެސްފައިވާ ވާހަކަތައް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ރިޕޯޓް އުފައްދާ ދައުރުކުރަމުންދާ މައްސަލަ ފުލުހުން ތަހުގީގުކުރާނެ ކަމަށާއީ މިއީ ސީރިއަސް މައްސަލަ އެއް ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެ ކޮމިޝަނުން ފުލުހުންގެ ކިބައިން އެދިފައިވާތީ އެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އާއްމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދޭ ގޮތަށް ފަތުރާ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރިނުވުމަށް ދިވެި ފުލުހުންގެ ޚިދުމަތުން އެންމެހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް