ކ. މާލެ
|
22 އޯގަސްޓް 2024 | ބުރާސްފަތި 18:10
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވަނީ
އުރީދޫ
އުރީދޫ އެކްސްޕީރިއަންސް ސެންޓަރ
ހުޅުމާލެ ފޭސް 2 ގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
އައު ސެންޓަރުން އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓަމަރުންނަށް ކިޔައިދޭނެ
އޯއީސީ ހުންނާނީ ވިނަރެސް ވީ6-ޖީ-03ގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފިއެވެ.

އައު ސެންޓަރަކީ އެ ފޭސް 2ގެ ސަރަހައްދުގެ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވާފައިވާސެންޓަރެއް ކަމަށާއި، އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުންވެސް ލިބޭ ހުރިހާ ހިދުމަތާއި އެހީތެރިކަން ކަސްޓާމަރުންނަށް ލިބިގެންދާނެއެވެ. އޯއީސީ ހުންނާނީ ވިނަރެސް ވީ6-ޖީ-03ގައެވެ.

ކަސްޓަމަރުންގެ ތަޖުރިބާ ރަގަޅުކޮށް ޚިދުމަތްތަކުގެ މައުލޫމާތު ފަށޭހައިން ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް 2 އެކްސްޕީރިއަންސް ސެންޓަރުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ. މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެކެވެ.

އާ ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓަމަރުންނަށް ކިޔައިދޭނެ ތަނެކެވެ.

ދެވަނަ ފިޔަވަހީގެ ވިނަރެސްގައި ހުންނަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00ން 12:00ށް އަދި މެންދުރު 1:00ން ހަވީރު 4:00 އަށެވެ.

- ކޮމެންޓް