ކ. މާލެ
|
18 އޯގަސްޓް 2024 | އާދީއްތަ 09:47
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ލެވަންޑޯސްކީ އުފާ ފާޅު ކުރަނީ
ގޯލް.ކޮމް
ސްޕެނިޝް ލީގު
ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ އިން ލީގު ފެށީ މޮޅަކުން
ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ.

އައު ސީޒަންގެ ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗު އެ ޓީމުން ކާމިޔާބު ކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެލެންސިއާގެ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. އެއީ މެޗުގައި ވެެލެންސިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.

މެޗުގެ ފުރަތަަމަ ހާފުގެ 44 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލީޑު ނަގައިދިނީ ހޫގޯ ޑުރޯ އެވެ. އޭނާ އެ ލަނޑު ޖެހީ ޑިއާގޯ ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބާސެލޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮބާޓް ލެވަންޑޯސްކީ އެވެ. މެޗުން ބާސެލޯނާ މޮޅުވީ ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ. ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ލަނޑު ޖަހައިދިނީ ވެސް ލެވަންޑޯސްކީ އެވެ.

ލީގުގައި ބާސެލޯނާގެ ދެ ވަނަ މެޗުގައި އޯގަސްޓު 24 ވަނަ ދުވަހު ނިކުންނާނީ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށެވެ،

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް