ކ. މާލެ
|
12 އޯގަސްޓް 2024 | ހޯމަ 12:03
ކުރީގެ ނައިބްރައީސް އަދި ކުރިން ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަބްދުالله ޖިހާދު
ކުރީގެ ނައިބްރައީސް އަދި ކުރިން ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަބްދުالله ޖިހާދު
މަޖިލިސް
ޖިހާދަށް ކުރާ ދައުވާ
ޖިހާދަށް ކުރާ ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި
މި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 11 އޮގަސްޓު 2024 ގައި
މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށްދިނުމަށް އެދިފައިވޭ
ޚަބަރުގެ އޯޑިއޯ

ކުރީގެ ނައިބްރައީސް އަދި ކުރިން ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ޢަބްދުالله ޖިހާދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާ އުފުލުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް އެ މައްސަލަ ބެލޭނެތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބޭރުކޮށްލުމަށް ނިންމާފައިވަނީ ޢަބްދުالله ޖިހާދުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެންނެވެ. 

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ 11 އޮގަސްޓު 2024 ގައެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައިގެ އިސްތިއުނާފު ބިނާކޮށްފައިވާ މައިގަނޑު އަސާސަކީ ކްރިމިނަލް ކޯޓުން މި ނިންމުން ނިންމުގައި ޤާނޫނީ އަސާސެއް ބަޔާންކޮށްފައި ނެތުމާއި, ނިންމުމަށް ވާޞިލުވި ސަބަބު އެކަށީގެންވާ މިންވަރަކަށް ބަޔާންކޮށްފައި ނެތުމެވެ. 

ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ މި މައްސަލައަކީ މަޢުޟޫޢީ ގޮތުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް ކަނޑައަޅައި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓަށް ތަޙުވީލުކޮށްދިނުމަށެވެ. 

- ކޮމެންޓް