ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 13:51
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން
އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން
ސަން އޮންލައިން
މަސްތުވާތަކެތި
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
މައްސާލާގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވީ 13 އޮކްޓޫބަރު 2025 ގައި
އޭނާ ހައްޔަރުން ދޫކޮށްލާފައި ވަނީ 20 ސެޕްޓެންބަރު 2025 ގައި
މުސާރަ ނުލިބޭ ގޮތަށް ވަނީ ސަސްޕެންޑް ކޮށްފައި

އައްޑޫ ސިޓީ، ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި އެވެ.

އާދިއްތަ ދުވަހު ފުލުހުން ބުނީ، ޕޮލިސް ކޮންސްޓަބަލް މުހައްމަދު ނައުފް ނަސީމް (ފުނަގެ، ސ.ހިތަދޫ) އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ކަސްޓޯޑިއަލް އަށް މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 4 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ ރޭ 10:54 އެހާއިރު އޭނާ ހުއްޓުވައި ބަލާ ފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ކަމަށެވެ.

25 އަހަރުގެ ނައުފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށާއި، މި 15 ދުވަސް ހަމަވުމުން އޭނާ ދޫކޮށްލާފައި ވަނީ 20 ސެޕްޓެންބަރު 2025 ގައި ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސާލާގެ ތަހުގީގު ނިންމައި 13 އޮކްޓޫބަރު 2025 ވަނަ ދުވަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި މައްސަލަ އާ ގުޅިގެން ނައުފް ވަނީ މުސާރަ ނުލިބޭ ގޮތަށް ވަޒީފާ އިން ސަސްޕެންޑް ކޮށްފަ އެވެ.

- ކޮމެންޓް