Advertisement
ކ. މާލެ
|
29 ޖުލައި 2024 | ހޯމަ 13:31
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ފްލެޓްތައް
އަދަދު
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުން
ފްލެޓުގެ ފައިނަލް ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނަން: މިނިސްޓަރު ހައިދަރު
ފުރަތަމަ 6 ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރު މަސް ތެރޭގައި
ފްލެޓުތައް ހުސްކޮށް ނުބަހައްޓާނެ
ރަށްރަށުގައި ދިރިއުޅޭ ބަޔަކަށް ފްލެޓު ލިބިފައިވާނަމަ އެ މައްސަލަތައް ވެސް ބަލާނެ
ޚަބަރުގެ އޯޑިއޯ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިއަންނަ އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށް ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ޕެޓިޝަން ކޮމެޓީގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓު ލިސްޓު އުވާނުލާ ކަމަށާއި، ފްލެޓު ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށެވެ. ދިރިއުޅުމުގެ ހާލަތު ވަޒަން ކުރާނީ ލިބެންހުރި ރަސްމީ މައުލޫމާތުތަކުގެ މައްޗަށް ބަލައިގެން ކަމަށާއި، ހާލަތު އޮޅުވާލުމުގެ ފުރުސަތު ނުލިބޭނެ ގޮތަކަށް ކަމަށެވެ.

Advertisement

ފްލެޓު ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ 32 ޓަވަރުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ފުރަތަމަ 6 ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރު މަސް ތެރޭގައި ކަމަށެވެ. އެޓަވަރުތަކުގެ މަސައްކަތް ނިމުމާއެކު ލިސްޓު ވެސް އާއްމުކުރާނެ ކަމަށާއި، ފްލެޓުތައް ހުސްކޮށް ނުބަހައްޓާނެ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ރަށްރަށުގައި ދިރިއުޅޭ ބަޔަކަށް ފްލެޓު ލިބިފައިވާނަމަ އެ މައްސަލަތައް ވެސް ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ ފްލެޓު ދޫކުރާނީ އެންމެ އިންސާފުވެރިކަމާއެކު ކަމަށާއި، ހައްގުވެރި މީހުންނަށް ކަމަށެވެ.

އަޅުގަނޑު މިދެންނެވީ ފްލެޓު ލިސްޓު އުވާނުލާނަމޭ. އަޅުގަނޑުމެން ހަމަ ހުށަހަޅާފައި ތިބި ފަރާތްތަކުގެ އިވެލުއޭޝަނެއް ހަދާގެން ތިބުނާހެން ރާއްޖެތެރޭގައި ދިރިއުޅޭ ބަޔަކަށް ލިބިފައިވާނަމަ އެކަންތައް ވެސް ބަލާނެ. ޝަރުތުތަކާ އެއްގޮތަށް ވީހާ ވެސް އިންސާފުވެރިކަމާމެދު ނިންމާނީ. އިމާރާތްކޮށް ނިމެންވާއިރަށް ހުރިހާ ހޮވޭ ފަރާތްތައް އިއުލާންކޮށް ފައިނަލް ލިސްޓް އާއްމުކުރާނަން. 32 ޓަވަރުގެ ތެރެއިން ފުރަތަމަ 6 ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާތާގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާއްމުކުރާނަން.
ހައުސިން މިިނިސްޓަރު ޑރ. އަލީ ހައިދަރު

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިއުލާންކުރި ފްލެޓު ލިސްޓުގެ ބޮޑު ޕަސެންޓެއް ޝަރުތު ހަމަނުވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއުލާން ކުރީ 5 ފެބްރުއަރީ 2024 ގައެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މިހާތަނަށް އެމަސައްކަތް ކޮށްފައިނުވެއެވެ. މިދިޔަ ދުވަސްތަކުގައި ފްލެޓުތައް ދޫކުރާނެ ދުވަހެއް ނޭނގޭތީ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ މިނިސްޓަރު ހައިދަރުގެ އިސްތިއުފާއަށް ގޮވާލާ ލޮނުޒިޔާރަތްކޮޅުގައި މުޒާހަރާކޮށްފައެވެ.

Advertisement

Advertisement
- ކޮމެންޓް