Advertisement
ކ. މާލެ
|
28 ޖުލައި 2024 | އާދީއްތަ 21:55
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ސަބަބުން މީހުންނަށް ކުރިމަތިވާ އުނދަގޫތައް ވަރަށް ބޮޑު
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ސަބަބުން މީހުންނަށް ކުރިމަތިވާ އުނދަގޫތައް ވަރަށް ބޮޑު
ގޫގުލް
"ކެޓް ޝެލްޓަރ"ގެ މަސައްކަތް
މަގުމަތީގައި އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރަން ހަދާ "ކެޓް ޝެލްޓަރ" ގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ: މޭޔަރ އާޒިމް
މިއީ އާޒިމްގެ މާލޭ ސިޓީ މޭޔަރ ކަމުގެ އިންތިޚާބުގެ ވައުދެއް
ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން ނިމި ބޭނުން ކުރަން ފެށޭވަރު ވާނެ ކަމަށް ސިޓީކައުންސިލުން ވަނީ ކުރިން ބުނެފައި
"ކެޓް ޝެލްޓަރ" ގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަން އާޒިމް ފާހަގަ ކުރެއްވި
ޚަބަރުގެ އޯޑިއޯ

މާލޭގެ މަގުތަކުގައި އުޅޭ ބުޅަލުގެ މައްސަލަ ހައްލު ކުރަން ހަދާ "ކެޓް ޝެލްޓަރ" ގެ މަސައްކަތުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

ލޮނުޒިޔާރަތް ޕާކުގައި ބޭއްވި މާލެ ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގައި އާދިއްތަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން، ރާއްޖެއާއި ރާއްޖެއިން ބޭރުން އަންނަ މީހުން އެންމެ ގިނައިން ޒިޔާރަތް ކުރާ ރަށަކީ މާލެ ކަމަށް ވެފައި، މާލެއިން ލިބޭ ކޮންމެ ފަސޭހައަކީ އަދި ކޮންމެ އުނދަގުލެއްމެ އެންމެން ތަޙައްމަލް ކުރަންޖެހޭ ކަމަކަށް ވާއިރު، މި ހުރިހާ ފަރާތްތަކަށް ވެސް، މާލޭގެ މަގުތަކުގައި އުޅޭ ބުޅާތަކުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ވަރަށް ބޮޑު ކަމަށް ވުމާއެކު، މިކަން ހައްލު ކުރުމަށް ހަދާ "ކެޓް ޝެލްޓަރ" ގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަން އާޒިމް ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން މިކަން ހައްލުކުރުމަށް ޓަކައި ހަދަން ފެށި ކެޓް ޝެލްޓާރގެ %70 ނިމިފައިވާ ވާހަކަ، ވަރަށް އުފަލާއެކު ދަންނަވަން. މިމަސައްކަތް މިކުރެވުނި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެރއާ ގުޅިގެން.
މާލޭ ސިޓީ މޭޔަރ އާދަމް އާޒިމް
ވަގުތީ ކެޓް ޝެލްޓަރގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން - މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ

މާލޭ ސިޓީ މޭޔަރ ކަމުގެ އިންތިޚާބުގެ ވައުދެއްގެ ގޮތުން، އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު އާޒިމް ފެއްޓެވި މި މަސައްކަތް ނިންމާލެވި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަނުގެ ބޭނުން ހިފަން ފެށޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ކުރިން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް