އެމްއޭސީއެލްގެ ޓްރެޝަރީ ބޮންޑު ވިއްކުމަކީ އިގްތިސާދީ ބޮޑު އަދަވަޅަކަށް ވައްޓާލުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި އެމްއޭސީއެލްގެ ޓްރެޝަރީ ބޮންޑު ވިއްކައި ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ދިނުމާ ގުޅޭގޮތުން ވަނީ ޔާމީންއާ ސުވާލު ކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެމްއޭސީއެލްއަކީ ކޮންމެ މަހަކު ވެސް މުސާރަ ދޭންޖެހޭ ކުންފުންޏެއް ކަމަށާއި، ހުރިހާ އުދުހުން ތަކަކަށް ޖެޓްފިއުލްއަށް ޕޭ ކުރަންޖެހޭ ކުންފުންޏެއް ކަމަށެވެ. އެކަން ނުކުރެވިއްޖެނަމަ އެމްއޭސީއެލް ހުއްޓުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއޭސީއެލްގެ ރެވެނިއު ސްޓްރީމް ތިއޮތީ ހެޗްކޮށްފައި. އެ ހެޗްކޮށްފައި ސަރުކާރުގެ ޓްރެޝަރީ ބިލެއް މިވިއްކަނީ ބޭންކަށް މި ޖާމިންމިވަނީ އެމްއޭސީއެލްގެ ރެވެނިއު ސްޓްރީމް. އެމްއޭސީއެލްއަކީ ކިހާވަރެއްގެ މަސައްކަތެއް ކުރާ ބައެއްތޯ. އަޅުގަނޑުމެން ހިންގަވާ ދަރުހެއްގެ ގޮތަށް މިކަން ގެންދަން. އެމްއޭސީއެލް ޝައްކަތް ވެސް ނެތް ގޮތުގައި މަހުގެ މުސާރަ ދޭންޖެހޭނެ ތެދެއްތޯ. އެކަމަކު ރާއްޖެއަށް މިއަންނަ ހުރިހާ މަތިންދާބޯޓު ތަކާ ހުރިހާ އުދުހުންތަކާ އެއްޗެހި ޓޫރިސްޓުން އަންނަ ފްލައިޓްތަކާ އެއްޗެހި މަތިންދާބޯޓާއި ޖެޓްފިއުލްއަށް ޕޭ ކުރާނީ ކާކުތޯ. އެމްއޭސީއެލް ތެދެއްތޯ. އެކަން ނުކުރެވިއްޖެއްޔާ އެމްއޭސީއެލް ހުއްޓުނީ ތެދެއްތޯކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ މިސަރުކާރުގެ ޕްލޭނެއް ނެތް ކަމަށާއި، މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ރަނގަޅު ޕްރޮސަސެއް ނެތް ކަމަށެވެ.
އެހެންވީމަ އެބަ ގުޅޭ ތެދެއްތޯ އަޅުގަނޑު ދެންނެވިން މިދިޔަ ހަފްތާގެ ތެރޭގައި އެސްޓީއޯއަށް މިވަގުތު ޖެޓްފިއުލްއާ ޑީސަލްއާ މިއެއްޗެހި ގެންނަނީ. އެގެންނާނެ ފައިސާ ނެތިގެން 50 މިލިއަން އަޅުގަނޑު ހަނދާންވާ ގޮތުގައި ނެތިއްޔާ ހަމަ ކިރިޔަ ކިރިޔާ އެކަން ކުރެވުނީ. އެހެންވީމަ އެމްއޭސީއެލްގެ ރެވެނިއު ސްޓްރީމް ޕްލަޖުކޮށްފި ކަމަށް ވަންޏާ އޭގައި ވާނެ ގޮތަކީ އެމްއޭސީއެލުން މިހާރު ކުރަންޖެހޭ ބޮޑެތި ހަރަދުތައް މަތިންދާބޯޓުތައް އެތަނަށް ޖައްސާނެ. އެކަމަކު އެދާނީ ހުސްކޮށް. ދެން ކިހާ ހިސާބަކުންތޯ އެ އުދުހޭނީ. އެމްއޭސީއެލްގައި ނެތް ހަކަތައެއް ތެޔޮ ގަންނާކަށް. ދެން ސަރުކާރުން ކީކޭ ބުނާނީ. ސަރުކާރުން އެސްޓީއޯގައި ބުނެވިދާނެ އެމްއޭސީއެލްއަށް ތެޔޮ ދޭށޭ. ދެން ދޭނީ ނޯޓެއް. ތިމަންނަމެން ތި އަދާކުރާނަމޭ. އެކަމަކު ތިމަންމެން އަތުގައި ފައިސާއެއް ނެތޭ އަދާކުރާކަށްކުރީގެ ރައީސް އަބްދުﷲ ޔާމީން
މީގެ އިތުރުން ޔާމީން ވަނީ އެސްޓީއޯގެ މާލީ ހާލަތަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. ޔާމީން ވިދާޅުވީ އެސްޓީއޯގެ ހާލަތު އޮތް ގޮތުން އެސްޓީއޯއަށް ފައިސާ ނުދެއްކިގެން ސަރުކާރުން އެސްޓީއޯ ތެޔޮ ބިލްގެ 50 މިލިއަން ހޯދާފައިވާ ކަމަށެވެ.
އެމްއޭސީއެލް ރެވެނިއު ސްޓްރީމް މިސާލަކަށް ސަރުކާރުގެ ޓްރެޝަރީ ބިލަކަށް ހެޗްކޮށްފި ކަމަށްވަންޏާ ދެން އިން ބިގް ޓްރަބަލް އެނގޭތޯ. މިހާރު ހަމަ މިދަނީ ސްޓޮޕް ކެޕްގެ ކަންތައް އެނގޭތޯ. ހަމަ މިހާރުން މިހާރަށް ލޭކޮޅެއް ފެނުނީ ބެންޑޭޖު އެޅީ އެނގޭތޯ. ހަމައެހެން އެ ކުރަނީކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔާމީން ވިދާޅުވީ ޓްރެޝަރީ ބޮންޑު ވިއްކުމަކީ ބޮޑު ޓްރަބަލެއް ކަމަށެވެ. މިމައްސަލަތައް ހައްލު ކުރުމަށް ވަސީލަތް ނެތް ކަމަށް އެމަނިކުފާނު ވިިދާޅުވިއެވެ. އަދި މިހާރު ޖެހޭނީ މަރިޔަބާ ކަތިވަޅިއާ ކޮށިދަނޑާ ހުރިހާ އެއްޗެއް ވެސް ވިއްކަން ކަމަށް ޔާމީން ވިދާޅުވިއެވެ.