ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 19:24
ފުލުހުންނާއި ކަރެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފުލުހުންނާއި ކަރެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ނަޒާހަތު އިބްރާހިމް ރަޝީދު
މާފުށި ޖަލުގައި މީހަކު ނިޔާވުން
ޖަމީލް އަށް އަނިޔާ ކުރި ކަމަށް ގައިދީންނާއި ހަވާލާދީ ދައްކަމުންދާ ވާހަކަތައް ކަރެކްޝަންސް އިން ދޮގުކޮށްފި
ޖަމީލްގެ ހަށިގަނޑުގައި ހުރީ ބަޔަކު އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތަކެއްކަމަށް ޑޮކްޓަރުންނަށްވެސް ނުބެލެވޭ

މޯލްޑިވްސް ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް އަށް އަނިޔާކޮށްފައިވާ ކަމަށް ގައިދީންނާއި ހަވާލާދީކަމަށް ބުނެ ދައްކަމުންދާ ވާހަކަ އަކީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފްް ވިދާޅުވީ އެ ސާވިސް ބެލުމުގެ ދަށުގައި ހުރި އެއްވެސް ގައިދީއަކަށް ގަސްތުގައި އަނިޔާކޮށްފައި ނުވާނެކަމުގެ ޔަޤީންކަން ދޭ ކަމަށެވެ.

ޖަމީލު މަރުވުމުގެ ކުރިން އޭނާ އަށް އަނިޔާކޮށްފައިވާ ކަމަށް ބައެއް ގައިދީންނާއި ހަވާލާދީ އާއްމުން ދިޔައީ ތުހުމަތުކުރަމުންނެވެ. އެކަމާއި ގުޅިގެން ރާއްޖެ ޓީވީ އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާސިފް ވިދާޅުވީ ޖަމީލް ނިޔާވިކަން އެނގުނު ވަގުތު އޭނާ ހުންނެވީ ޖަލުގައި ކަމަށެވެ. އަދި ޖަމީލާއި އެއް ގޮޅިއެއްގައި ތިބި ގައިދީންނާއި ވެސް މި މައްސަލަ އާއި ގުޅިގެން ސުވާލުކޮށްފައިވާ ކަމަށް އާސިފް ވިދާޅުވިއެވެ. އިންސްޕެކްޓަރ އޮފް ކަރެކްޝަންސްގެ ފަރާތުން އެ މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށް ކަމަށް އާސިފް ވިދާޅުވިއެވެ. ގައިދީންނާއި ހަވާލާދީ ކަމަށް ބުނެ ފަތުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ މައުލޫމާތުތައް ނުފެތުރުމަށް އޭނާ ވަނީ ޢިލްތިމާސްކުރައްވާފައެވެ.

އެހެންނަމަވެސް ޖަމީލް ނިޔާވި ފަހުން 4 ގަޑި އިރު އޭނާ އަށް އެޓެންޑް ނުވެ ދިއުމަކީ އުނދަނގޫވެވަޑައިގަންނަވާ ކަމެއް ކަަމަށް އާސިފް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު އަމިއްލަ އަށް ބައްދަލުކޮށް އިންޓަރވިއު ކުރިން. އަޅުގަނޑު އިންޓަވިއުކޮށް ދޭ ބަޔާނެއް ނުވެދާނެ އެންމެ ރަނގަޅު. ޑޮކްޓަރާއި ބައްދަލުކޮށް ޑޮކްޓަރުގެ ކޮމެންޓް ވެސް ހޯދިން. މި މައްސަލައިގައި ނެތް އަޅުގަނޑުމެން ފޮރުވާނެ އެއްވެސް ކަމެއް. ފުޓޭޖްވެސް ދައްކަން ތައްޔާރަށް މި ތިބީ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފްް

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ ހަށިގަނޑުގައި ހުރީ ބަޔަކު އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތަކެއްކަމަށް ޑޮކްޓަރުންނަށްވެސް ބެލެވިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ ހަށިގަނޑު ބެލިއިރު އެޗްއާރްސީއެމް އަދި އެންއައިސީންވެސް އެތަނުގައި ތިބި ކަމަށެވެ. އޭނާގެ ހަށިގަނޑުގައި ހުރީ ބަޔަކު އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތަކެއްކަމަށް ޑޮކްޓަރުންނަށްވެސް ބެލެވިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް