ކ. މާލެ
|
27 ޖޫން 2024 | ބުރާސްފަތި 09:15
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮމޭނިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮމޭނިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔޫރޯ 2024
ސްލޮވޭކިއާއާ އެއްވަރުކޮށް، ރޮމޭނިއާ އަށް ގްރޫޕްގެ އެއް ވަނަ
ރޮމޭނިއާ އަށް ގްރޫޕްގެ އެއް ވަނަ ލިބިފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްލޮވޭކިއާއާ އެއްވަރުކޮށް، ރޮމޭނިއާ އިން ގްރޫޕް އީގެ އެއް ވަނަ ހޯދައިފި އެވެ.

ބުދަ ދުވަހުގެ ރޭ ސްލޮވޭކިއާއާ ދެކޮޅަށް ނިކުތްއިރު ރޮމޭނިއާ ވަނީ ކުޅުނު އެއް މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފަ އެވެ. ސްލޮވޭކިއާ ވެސް ވަނީ އެއް މެޗުން މޮޅުވެ، އަނެއް މެޗުން ބަލިވެފަ އެވެ.

މި ދެ ޓީމު ބައްދަލު ކުރި މެޗު އެއްވަރުވީ 1-1 އިންނެވެ. އެއާއެކު ރޮމޭނިއާ އިން ވަނީ މި ގްރޫޕްގެ އެއް ވަނަ މަގާމު ހޯދައި، މުބާރާތުގެ ގަދަ 16 ވަނަ ބުރަށް ދަތުރު ކޮށްފަ އެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ސްލޮވޭކިއާ އިންނެވެ. މެޗު ފަށައިގެން 24 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އޮންޑްރޭއި ޑޫޑާ އެވެ. މިއީ ސްލޮވޭކިއާގެ ޖޫރަޗް ކުޗްކާ ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 37 ވަނަ މިނެޓުގައި ރޮމޭނިއާ އިން ނަތީޖާ ހަމަހަމަ ކުރީ އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަމާއެކު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް، ރޮމޭނިއާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރަޒްވާން މަރީން އެވެ.

މި ނަތީޖާ އާއެކު ރޮމޭނިއާ އަށް ގްރޫޕްގެ އެއް ވަނަ ލިބިފައި ވަނީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ސްލޮވޭކިއާ އަށް ވެސް ތިން މެޗުން ހަތަރު ޕޮއިންޓު ލިބޭއިރު، އެ ޓީމަށް ލިބުނީ ތިން ވަނަ އެވެ. ނަމަވެސް ސްލޮވޭކިއާ އަށް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް