ކ. މާލެ
|
15 ޖުލައި 2024 | ހޯމަ 18:57
ޔޫރޯ ތަށްޓާއެކު ރޮޑްރީ
ޔޫރޯ ތަށްޓާއެކު ރޮޑްރީ
ޔޫރޯ2024
ޔޫރޯ ތަށި އުފުލާލި ދުވަހަކީ ކެރިއަރުގެ އެންމެ 'ޚާއްޞަ' ދުވަސް- ރޮޑްރީ
ސްޕެއިން ޗެމްޕިއަންކަން ހޯދީ 2-0ން އިންގްލެންޑް ބަލިކޮށްގެން

ޔޫރޯ ތަށި އުފުލާލި ދުވަހަކީ ކެރިއަރުގެ އެންމެ 'ޚާއްޞަ' ދުވަސް ކަމަށް އެމުބާރާތުގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ ބުނެފިއެވެ.

މެންޗެސްޓަރ ސިޓީއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދައިދޭން ލަނޑު ޖެހި މިޑްފީލްޑަރ ޖަރުމަނުގައި ނިމުނު ޔޫރޯ އަށް ފަހު ބުނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ކެރިއަރުގެ އެންމެ ޚާއްޞަ ދުވަހަކީ އެއީ ކަމަށެވެ. 4 ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދީ ފައިނަލްގައި 2-1 ން އިންގްލެންޑް ބަލިކޮށްގެންނެވެ. އަނިޔާއެއްގެ ސަބަބުން ފައިނަލް މެޗުގެ ދެވަނަ ހާފްގައި ކުޅެން ނުނިކުމެވުނަސް މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ރޮޑްރީއެވެ. އޭނާ ވަނީ މުބާރާތުގައި އެއް ލަނޑުވެސް ޖަހާފައެވެ. މިދިޔަ ދެ ސީޒަންގައި މެންޗެސްޓަރ ސިޓީން ހޯދި ކާމިޔާބީގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ރޮޑްރީ އަކީ ޔޫރޯ ސްޕެއިންއަށް ހޯދައިދިނުމުގައި ވެސް އެންމެ މުހިއްމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ ޓީމްގެ ވައިސް ކެޕްޓަންވެސް މެއެވެ.

އަހަރެމެން ބިނާކުރީ އާއިލާއެއް, މިއީ މިހާރު ސްޕެއިންގެ ގައުމީ ޓީމް, މިއީ އެންމެ ގިނަ ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދި ގައުމީ ޓީމް
ރޮޑްރީ / ޔޫރޯގެ މޮޅު ކުޅުންތެރިޔާ

ރޮޑްރީ ވަނީ ސްޕެއިންގެ ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އެގޮތުން ހޮނިހިރު ދުވަހު 17 އަހަރު ފުރުނު ޔަމާލް މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް އުފުލާލުމާއި, 22 އަހަރުގެ ނިކޯ ވިލިއަމް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުން ރޮޑްރީ ފާހަގަކުރިއެވެ. މީގެއިތުރުން މިހާރު އޮތް ސްޕެއިން ޓީމްގެ ގިނަ ކުޅުންތެރިންނަކީ 19 އަހަރުން ދަށާއި, 21 އަހަރުން ދަށުގެ ޔޫރޯ ކާމިޔާބުކޮށްފައިވާ ކުޅުންތެރިންކަން ރޮޑްރީ ފާހަގަކުރިއެވެ. ރޮޑްރީ ބުނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ނުހުއްޓުވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް