ކ. މާލެ
|
19 ޖޫން 2024 | ބުދަ 09:19
އާތާ ގުލާ (8) ލަނޑު ޖެހުމުން އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ
އާތާ ގުލާ (8) ލަނޑު ޖެހުމުން އެހެން ކުޅުންތެރިން މަރުހަބާ ކިޔަނީ
ޑެއިލީ މެއިލް
ޔޫރޯ 2024
ރޮނާލްޑޯގެ ރެކޯޑް ތުރުކިޔޭގެ ގުލާ މުގުރާލައިފި
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ޒުވާން އުމުރެއްގައި ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ތުރުކިޔެގެ ފޯވަޑް އާތާ ގުލާ މުގުރާލައިފި.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ޒުވާން އުމުރެއްގައި ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ތުރުކިޔެގެ ފޯވަޑް އާތާ ގުލާ މުގުރާލައިފި އެވެ.

ސްޕޭނުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ މި ރެކޯޑް ހެދީ ރޭ ޖޯޖިއާއާ ދެކޮޅަށް 3-1އިން ތުރުކިޔޭ މޮޅުވި މެޗުގައި ގޯލު ޖަހައިގެންނެވެ. އެއިރު އޭނާގެ އުމުރަކީ 19 އަހަރާއި 114 ދުވަހެވެ. ރޮނާލްޑޯ މި ރެކޯޑް ހެދީ 2004 ވަނަ އަހަރު އެވެ. އެއިރު އޭނާގެ އުމުރަކީ 19 އަހަރާއި 128 ދުވަހެވެ.

އުމުރުން މިހާރު 39 އަހަރުގެ ފޯވަޑް މި ފަހަރުގެ މުބާރާތުގައި ގޯލެއް ޖަހައިފިނަމަ އޭނާ ވެގެންދާނީ މުބާރާތާތުގެ ތާރީހުގައި އެންމެ ދޮށީ އުމުރެއްގައި ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

ރޮނާލްޑޯ ފަދައިން ގުލާ އަކީ ރެއާލް މެޑްރިޑުގައި މިހާރު މޮޅަށް ކުޅެމުން އަންނަ ކުޅުންތެރިއެެކެވެ. ކަކުލަށް ލިބުނު އަނިޔާއިން ރަނގަޅުވެގެން އައިސް އޭނާ ވަނީ ސީޒަނުގެ ފަހުކޮޅު ރެއާލްގެ މުހިންމު ބައެއް މެޗުތަކުގައި ކުޅެ ހަ ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ވާތު ފައިން ފަހު ހާފުގައި އޭނާ ޖެހި ގޯލަކީ މެޗު 1-1އިން އެއްވަރުވެފައި އޮއްވައި ތުރުކިޔޭ މޮޅުކޮށްދިނުމަށް އެހީތެރިވެދިން އެންމެ މުހިންމު ގޯލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް