ކ. މާލެ
|
17 ޖޫން 2024 | ހޯމަ 19:49
މާލޭގެ ޢީދު ކުޅިވަރު
މާލޭގެ ޢީދު ކުޅިވަރު
ރާއްޖެ އެމްވީ ޓްވިޓަރ
މާލޭގަ ޢީދު ފާހަގަކުރުން
މާލޭގައި ވެސް އީދު ފޯރި ކުޑަ އެއް ނޫން، ސަޤާފީ ކުޅިވަރުތައް ވެސް އެބަ އޮތް
މި ޢީދާ ދިމާކޮށް މާލޭގައި މާލި ޕެރޭޑާއި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް ވެސް ބާއްވާފައިވޭ

ހޮނިހިރު ދުވަހުން ފެށިގެން މާލޭގައި ގިނަ ހަރަކާތްތަކެއް އަޟްހާ އީދާއި ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި އެކަންކަމަށް އާއްމުންގެ ފަރާތުން ވަރަށް ބޮޑު ތަރުޚީބެއް ލިބެމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ސިޓީ ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރ އައިމިނަތު ޝަތުފާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ވާހަކަަދައްކަވަމުންނެވެ. ޢީދުގެ ހަރަކާތްތައް ރާވާފައި ވަނީ އާއްމުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ވަރަށް ބޮޑު އިސް ނެގުމަކާއި އެކުގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މާލެ ސިޓީ ކައުންސިލާއި، ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް ގުޅިގެން މާލޭގައި އަޟްހާ އީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވާ ކަމަށް ޝަތުފާ ވިދާޅުވިއެވެ. ގިނަ ބަޔަކު ގުޅިގެން މާލޭގައި މިހާ ބޮޑުކޮށް އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށް ވާއިރު މި ހަަކާތްތަކުގެ އަލީގައި އާއްމުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަތުފާ ވަނީ ވިދާޅުވެފައެވެ. އެގޮތުން މިއީދަކީ އެކުވެރިކަމާއި، އެއްބައިވަންތަކަން ބަދަހިކުރުމަށް ލިބޭ ފުރުސަތެއް ކަމަށް ހެދުން މުހިންމުކަމަށާއި ސިޓީ ކައުންސިލުން މަސައްކަތް ކުރަނީ އާއްމުންގެ އެކުވެރިކަން އާލާކޮށް ދަމަހައްޓަން ކަމަށް ޝަތުފާ ވިދާޅުވިއެވެ.

ޝަތުފާ ވަނީ މާލޭގައި ފޯރިގަދަކޮށް ޢީދު ފާހަގަކުރި ނަމަވެސް މި ދުވަސްވަރަކީ ބަލިތައް ފެތުރެމުން އަންނަ ދުވަސްވަރަކަށްވުމުން އެ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގިނަ ހަރަކާތްތަކެއް ކުރިއަށް އެބަ ދެއެވެ. އޭގެ ތެރޭގައި އީދު ބަޑި އަދި އީދު ބޮޑުބެރު ޝޯވ ހިމެނެއެވެ. އަދި ދަފި ނެގުމާއި، ކޯޑި ނެރުން އަދި ބޮޑުމަސް ބޭނުމުގެ ހަރަކާތްވެސް ވަނީ ބާއްވާފައެވެ. ސަޤާފީ ކުޅިވަރުތަކުގެ އިތުރުން ޒަމާނީ ކުލަ ތަކާއި އެކު މިއުޒިކް ޝޯގެ ހަރަކާތްތައް ވެސް މާލެ ސަރަހައްދުގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މި ޢީދާޢި ދިމާކޮށް މާލޭގައި މާލި ޕެރޭޑާއި ކުޑަކުދިންގެ ހަވީރު ފަދަ ހަރަކާތްތައް ވެސް ބާއްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް