ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 18:28
މާލޭގެ ސެލޫނެއްގައި ހަށިވިއްކަން ތިބި ބަޔަކު ވަނީ އަތުލައިގަނެފައި
މާލޭގެ ސެލޫނެއްގައި ހަށިވިއްކަން ތިބި ބަޔަކު ވަނީ އަތުލައިގަނެފައި
ރާއްޖެއެމްވީ
ހަށިވިއްކުމުގެ މައްސަލަ
ސެލޫނެއްގައި ހަށިވިއްކުމުގެ ތުހުމަތުގައި ތައިލެންޑް ދެ އަންހެނަކު ހައްޔަރުކޮށްފި
ސެލޫން ބަލައިފާސްކުރި އިރު، ބަރަހަނާ ހާލުގައި ތިބި ދެމީހުން ފެނުނު
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ 22 އަހަރުގެ މިސް ވަންތަނާ ނިޔޮމް އަދި 39 އަހަރުގެ މިސް ނަލިންރަޓް ކޮސޮލް

ހަށިވިއްކުމުގެ ތުހުމަތުގައި ތައިލެންޑް ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ 22 އަހަރުގެ މިސް ވަންތަނާ ނިޔޮމް އަދި 39 އަހަރުގެ މިސް ނަލިންރަޓް ކޮސޮލްއެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ހަށިވިއްކުމުގެ ތުހުމަތުގައެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެމީހުންގެ ބަންދަށްވެސް ވަނީ 15 ދުވަސް ޖަހާފައެވެ.

މި ދެމީހުން ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

ބަންދުގައި ބަހައްޓަން އަމުރުކުރި ސަބަބުގެ ތެރޭގައި، ތުހުމަތުކުރެވޭ ކުށް މިދެމީހުން ކުރިކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވެއެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި، މި ފަރާތްތަކުން އެކި މީހުންނާއި އެކު ކޮށްފައިވާ ފޯނު މުއާމަލާތްތައް ހިމެނޭ ސްކްރީން ޝޮޓް، ހާދިސާ ރިޕޯޓު ވަނީ ހުށަހަޅާފައެވެ. އަދި މި ހެކިތަކަށް ބަލާއިރު، މި ދެމީހުން މަސައްކަތް ކުރާ ސެލޫންގައި ހަށި ވިއްކުމުގެ އަމަލު ހިންގާފައިވާކަން އެނގޭނެ ހެކިތައް ހުށަހަޅާފައިވެއެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ހާލަތުގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.

އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތް އޮތްކަމަށް ދެކޭ ސަބަބުގެ ގޮތުގައި ބުނެފައިވަނި ޝަރީއަތްކުރުމާއި ބެހޭ ޖިނާއީ އިޖްރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (3)، (4) އަދި (5) ގައި ވާކަންކަން ފުރިހަމަވާ ކަމަށް ބެލެވޭ ކަމަށެވެ.

މީގެ އިތުރުން މި ދެމީހުން މަސައްކަތްކުރާ ސެލޫން ބަލައިފާސްކުރި އިރު، ބަރަހަނާ ހާލުގައި ތިބި ދެމީހުން ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދު ޖިންސީ އަމަލު ހިންގަން ބޭނުންކުރާ އާލާތަތައް އެތަނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް