Advertisement
ކ. މާލެ
|
27 ޖުލައި 2025 | އާދީއްތަ 16:09
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ހުޅުމާލެ މެޑިކަލް ފެސިލިޓީ
ރާއްޖެއެމްވީ
ޖަސްޓިސް ބިލްޑިންގ އެނެކްސް
ކޮވިޑް ފެސިލިޓީ އަކަށް ކުރީ ސަރުކާރުން ތައްޔާރު ކުރި އިމާރާތެއް މަރާމާތައް ފަހު ޖަސްޓިސް ބިލްޑިންގ އެނެކްސް ގެ ނަމުގައި ރައީސް ހުޅުއްވައިދެއްވައިފި
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު ހުޅުވީ، ކުރީ ސަރުކާރުން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހެދި އިމާރާތުގައި
އިމާރާތް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
މިއީ ޝަރުއީ ދާއިރާގެ އިމާރާތަކަށް މިފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އިމާރާތް

ކޮވިޑް ފެސިލިޓީ އަކަށް ކުރީ ސަރުކާރުން ތައްޔާރު ކުރި އިމާރާތެއް މަރާމާތައް ފަހު ޖަސްޓިސް ބިލްޑިންގ އެނެކްސް ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވައިފި އެވެ.

އެ އިމާރަތުގައި ހިނގަމުން ދާނީ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓެވެ.

އާދިއްތަ ދުވަހު މެންދުރު ފަހު ހުޅުމާލޭ ގައި އޮތް ރަސްމިއްޔާތެއް ގައި މިތަން ހުޅުއްވައި ދެއްވީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ޖަސްޓިސް ބިލްޑިންގް އެނެކްސް ގެ ނަމުގައި ހުޅުވި މި އިމާރަތަކީ ޝަރުއީ ދާއިރާގެ އިމާރާތަކަށް މި ފަހުގެ ތާރީޚެއް ގައި އެންމެ ބޮޑު ހޭދަ އެއް ކޮށްފައިވާ އިމާރާތް ކަމަށް ޗީފް ޖޫޑިޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު މުސްތަފާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު ކުރިން ހިންގަމުން ދިޔައީ އެސްޓީއޯ ގެ ހަތަރު ބުރީގެ އިމާރާތެއް ގައެވެ. އެހެން ނަމަވެސް އެ އިމާރާތް ބާވެ ހަލާކު ވުމުގެ ސަބަބުން 2023 ވަނަ އަހަރު އެ އިމާރާތް ވަނީ ހުސްކޮށްފައެވެ.

ހުޅުމާލޭގައި ހުޅުވި ޖަސްޓިސް ބިލްޑިންގ ގެ އެއް ފްލޯގައި ހިނގަމުން ދާނީ ޑްރަގް ކޯޓެވެ.

އަލަށް ހުޅުވި އިމާރާތުގައި 15 ކޯޓު ރޫމް އާއި ގާޒީންގެ 17 ރޫމް އާއި ދައުލަތުގެ ވަކީލުންނާއި، ދިފާއީ ވަކީލުންނަށް ޚާއްސަ ރޫމް ތަކެއް ކަނޑައެޅިފައިވާ ކަމަށް ޗީފް ޖޫޑިޝަލް އެޑްމިނިސްޓްރޭޓަރ އަމްޖަދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ހުޅުވުނު އިމާރާތާ އެކު މި ދެކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތި ކަމަށް ނިމުމެއް އައިސްފައިވާ ކަމަށެވެ.

އަދި އެތައް ދުވަހެއް ވަންދެން ހައްލު ނުވެ ދިގު ދެމިގެން ދިޔަ އެތައް މައްސަލަ ތަކަށް ހައްލު ލިބިގެން ހިނގައްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ސާލިހްގެ ސަރުކާރުން އެ އިމާރާތް ކޮވިޑް ފެސިލިޓީ އަކަށް ހެދި އިރު، އެތަނުގައި ހުރީ އަމިއްލަ ބަޔަކު ހޮޓަލެއް އަޅަން އިމާރާތެއް ހަދަން ފަށާފައެވެ.

އެ އިމާރާތުގެ ގިނަ މަސައްކަތް ތަކެއް ކުރީ ސަރުކާރުން ކުރުމަށް ފަހު "ހުޅުމާލެ މެޑިކަލް ފެސިލިޓީ" ނަމުގައި އިމާރާތް ހުޅުވާ ކޮވިޑް ގެ ތެރޭގައި އެތަން ވަނީ ބޭނުން ކޮށްފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ އިމާރާތް ރައީސް ސާލިހް އާއި ސަރުކާރުގެ ވެރިން ބައްލަވާލައްވަނީ

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އެ އިމާރާތައް ބަދަލު ކުރަން ކުރަން ޖެހުނު މަސައްކަތްތައް ކުރިއަށް ގެންދިޔައީ ކޮންޓްރެކްޓަރަކަށް ހަވާލު ކޮށްގެންނެވެ. އެހެން ނަމަވެސް ސަރުކާރުން މިިިނިވަން ދުވަހު ކޮންމެހެން ވެސް އެތަން ހުޅުވަން ބޭނުންވާތީ، ފަހުން މަސައްކަތް ކޮށްފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުންނެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވެރިންނާއި ސަރުކާރުގެ މިނިސްޓަރުން ބައިވެރިވެ ވަޑައިގަތެވެ.

- ކޮމެންޓް