Advertisement
ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 19:51
އެކްސިޑެންޓާއި ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އާންމުކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް: ފުލުހުން ވަނީ އެމީހުން ހޯދުމުގައި އާންމުންގެ އެހީތެރިަކަމަށް އެދިފަ
އެކްސިޑެންޓާއި ގުޅިގެން ދެ މީހަކު ހޯދުމަށް ފުލުހުން އާންމުކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް: ފުލުހުން ވަނީ އެމީހުން ހޯދުމުގައި އާންމުންގެ އެހީތެރިަކަމަށް އެދިފަ
ރާއްޖެއެމްވީ
އެކްސިޑެންޓު
އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަ ދެ މީހަކު ފުލުހުން ހޯދަނީ
އެކްސިޑެންޓެއްވުމުން މަޑު ނުކޮށް ފިލި ދެ މީހަކު ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފަ
މި އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެން

އެކްސިޑެންޓެއްވުމުން މަޑު ނުކޮށް ފިލި ދެ މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ވަނީ އެ ދެމީހުން ފެންނަ ވީޑިއޯއެއް ވެސް އާންމު ކޮށްފައި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު، ހުޅުމާލެ 2 ވިނަރެސް 1 ކައިރި ރައުންޑްއެބައުޓް ތެރެއިން ކާރަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ.

ފުލުހުން ވަނީ އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އެ މީހުން ހޯދަން އާންމުންގެ އެހީއަށް އެދިފަ އެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ކާރުގައި ތިބި ދެ މީހުން ހުޅުމާލެ 2 ގައި މީހުން ނޫޅޭ ހިސާބަކަށް ގޮސް ފައިބައި ކާރަށް ވެފައި ހުރި ގެއްލުން ބަލަ އެވެ. ވީޑިއޯއިން މަންޒަރު ފެންނަ ގޮތުގައި ކަޅު ކުލައިގެ އެ ސްޕޯޓްސް ކާރުގެ ކުރީކޮޅުން ބައެއް އޮތީ ވަރަށް ބޮޑަށް ބަނޑިވެފަ އެވެ.

އެ ކާރުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކު ހުރީ ރަތް ކުލައިގެ އަތްދިގު ގަމީހަކާއި ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އަނެއް މީހާ ހުރީ މަޑު މުށި ކުލައެއްގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެންނެވެ.

އަދި މީގެ އިތުރުން އެޗްޑީސީ ޖަހާފައިވާ ފެހިކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ވެސް އެ ދެމީހުން ގާތަށް ގޮސް ވާހަދައްކާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9772111 އަށް ގުޅައި ހިއްސާކުރަން ފުލުހުން ވަނީ އެދިފަ އެވެ.

- ކޮމެންޓް