ކ. މާލެ
|
5 ޖޫން 2024 | ބުދަ 19:31
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން
މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން
ޕޮލިސް
ހިއުމަން ޓްރެފިކިންގ ގެ މައްސަލަ
ރާއްޖޭގައި ވިޔަފާރި އެއް ގޮތައް ހިއުމަން ޓްރެފިކިންގ ގެ މައްސަލަ އެބައޮތް: މިނިސްޓަރ
ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ނަސްލު އޮޅޭ ހިސާބަށް ކަންކަން ގޮސްފި

ރާއްޖޭގައި ވިޔަފާރިއެއް ގޮތައް ހިއުމަން ޓްރެފިކިންގ ގެ މައްސަލަ އެބައޮތް ކަމަށް ދާޚީލީ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ދިވެހި ފުލުހުންގެ ކުރިއަށް އޮތް 5 އަހަރުގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާހް ކުރުމަށް ބުދަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބިދޭސީ މަސައްކަތު މީހުންގެ މައްސަލަ ފާހަގަ ކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެ ގެންނަ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ކަންކަން ރާއްޖޭގައި އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ބިދޭސީ މަސައްކަތު މީހުންގެ ސަބަބުން ބައެއް ރަށްރަށުގައި ނަސްލު އޮޅޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

ގަވައިދާ ޚިލާފަށް ބޭރުމީހުން އުޅެމުން އަންނާތީ އެތަކެއް ސޯޝަލް މައްސަލަތަކެއް ފެންމަތި ވަމުން މިދަނީ، އޭގެ ތެރޭގައި ދަމުން ދަމުން ގޮސް ބައެއް ރަށްރަށުގައި ނަސްލު އޮޅޭ ހިސާބަށް މިހާރު ގޮއްސި.
ދާޚީލީ ވަޒީރު އަލީ އިހްސާން

ވަޒީރުގެ ވާހަކަފުޅުގައި ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެންނަ 10،000ށް ވުރެ ގިނަ ކުންފުނި ރަޖިސްޓަރީ ކޮށްގެން ހިންގާ ކަމަށާއި، އެ ކުންފުނިތަކުން 100،000ށް ވުރެ ގިނަ ބިދޭސީން ރާއްޖެއަށް ވަޒީފާތަކަށް ގެނެސްފައިވާ ކަމަށެވެ.

ރާއްޖެއަށް ބިދޭސީ މަސައްކަތު މީހުން ގެންނަ ފަރާތްތަކުން ސަރުކާރަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ އެބައޮތް ކަން ދާޚިލީ ވަޒީރު ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް، މިފައިސާ ހޯދާނި ކާކުތޯ، މިކަމަށް ފިޔަވަޅު އަޅާނީ ކާކުތޯ ވަޒީރުގެ ވާހަކަފުޅުގައި ސުވާލު ކުރެއްވިއެވެ.

މިނިސްޓަރ ފުލުހުންގެ ކިބައިން އެދިވަޑައިގަތީ މިކަންކަން ހައްލު ކުރުމުގައި މަސައްކަތް ކޮށްދެއްވުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް