Advertisement
ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 15:05
އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން
އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ބޭއްވި އެއްވުމުގެ ތެރެއިން
ޙުސައިން މަޚްތޫމް
އިސްރާއީލު ޕާސްޕޯޓް
އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ރައީސް އޮފީސް ކައިރީގައި އެއްވުމެއް ބާއްވައިފި
ރައީސް އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައި
މި މައްސަލައާއި ގުޅިގެން ސަރުކާރުން ވަކި ސްޓޭންޑެއް ނުނެގި ޕާސްޕޯޓް ބޭންކޮށްފައި ނުވޭ

އިސްރާއީލު ޕާސްޕޯޓް މަނާކުރުމަށް ގޮވާލާ ރައީސް އޮފީސް ކައިރީގައި އެއްވުމެއް ބާއްވައިފިއެވެ.

މި އެއްވުން ބާއްވާފައިވަނީ ހެނދުނު 11 ޖެހި އިރުއެވެ. އެއްވުން ބޭއްވުމަށް ނިންމީ ރައީސް އޮފީސް ކައިރީގައި ނަމަވެސް، ފުލުހުން ވަނީ އެއްވުން އޮންނަ ގަޑިއަށް ރައީސް އޮފީސް ހިމެނޭ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ.

އެއްވުމަށް ދިޔަ ފަރާތްތަކުން ވަނީ ފަލަސްތީނުގެ ދިދަޔާއެކު އިސްރާއިލުގެ ޕާސްޕޯޓް ބޭންކުރުމަށް ގޮވާލާ، އަދި އިސްރާއިލަށް އެެހީތެރިވެދޭ ފަރާތްތަކާއި، އުފެއްދުންތައްވެސް ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ގޮވާލާ ލިޔެފައި ބޯޑްތައް ހިފައިގެން އަޑު އުފުލާފައެވެ.

Advertisement

ނަމަވެސް މި އެއްވުމާއި ގުޅިގެން ސަރުކާރުގެ އިދާރާއަކުން އާންމުންގެ އެ ކަންބޮޑުވުމާއި ގުޅިގެން އެއްވެސް އެއްޗެއް ބުނެފައިނުވެއެވެ. އަދި ރައީސް އޮފީހުގައި ކެބިނެޓް ބައްދަލުވުން އެގަޑީގައި އޮވެފައި އަދި ނިމުނު އިރުވެސް އެކަމާއި ގުޅިގެން ކަމާއިބެހޭ އެއްވެސް ބޭފުޅު އެއްޗެއް ވިދާޅުވެ އެއްވުމުގެ ބައިވެރިންނާއި ބައްދަލުކޮށްފައިވެސް ނުވެއެވެ.

މިހާތަނަށް އައި އިރު މި މައްސަލައާއި ގުޅިގެން ސަރުކާރުން ވަކި ސްޓޭންޑެއް ނުނެގި ޕާސްޕޯޓް ބޭންކޮށްފައި ނުވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7ން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 36،379 މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 82،407 މީހުން ވަނީ ޒަޚަމްވެފައެވެ. ހަމާސްގެ ހަމަލާތަކުން އިޒްރޭލުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް