ކ. މާލެ
|
27 މެއި 2024 | ހޯމަ 21:51
މިދިޔަ މަހު އާމްދަނީގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފައި
މިދިޔަ މަހު އާމްދަނީގެ ގޮތުގައި ވަނީ 308 މިލިއަން ރުފިޔާ ލިބިފައި
އެމްޕީއެލް
އިމްޕޯޓް އެކްސްޕޯޓް
އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު 308 މިލިއަން ރުފިޔާ
އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޯރ އަދި ޔޫ.އޭ.އީ
ފާއިތުވި އޭޕްރިލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު 0.5 އިންސައްތަ ވަނީ އިތުރުވެފައި

އިމްޕޯޓް އެކްސްޕޯޓުން މިދިޔަ މަހު 308 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ އެޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2023 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 6 އިންސައްތަ ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ދިވެހިރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އެޕްރީލް މަހު މި ޢަދަދުވަނީ 4.7 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

މީގެއިތުރުން، ފާއިތުވި އެޕްރީލް މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު 0.5 އިންސައްތަ ވަނީ އިތުރުވެފައެވެ. 2023 ވަނަ އަހަރުގެ އެޕްރީލް މަހު 308 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އެޕްރީލް މަހު މި ޢަދަދުވަނީ 310 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ސިންގަޕޯރ އަދި ޔޫ.އޭ.އީ އެވެ. އޮމާން އިން 777 މިލިއަން މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 761 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 722 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ސިންގަޕޯ އިން 537 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ޔޫ.އޭ.އީ އިން 467 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

2024 އެޕްރީލް މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވަނީ 2,377,754.58 ރުފިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް