މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފީއެއް ދައްކަން ބުނެ ފޭކު ލިންކެއް ފޮނުވަމުންދާތީ އެކަމާއި މެދު ސަމަލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާ އިން ބުނީ 'އެމްއެޗްސީއެލް' ކިޔާ ގޮތް ނޭނގޭ ފަރާތަކުން އެފަދަ މެސެޖެއް ހިއްސާކުރަމުންދާ ކަމަށާއި އެއީ ސައްހަ މެސެޖުތަކެއް ނޫން ކަމަށެވެ. އަދި އެ ފަރާތުން މޯލްޑިވްސް ޕޯސްޓުގެ ނަމުގައި މެސެޖުތަކެއް އާންމުންނަށް ޓެކްސްޓު މެސެޖުތަކެއް ފޮނުވަމުންދާ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
އެ މެސެޖުގައި ކަސްޓަމްސް ފީ ނުދައްކާތީ އޯޑާ ޑެލިވާ ނުކުރެވޭނެ ކަމަށާއި ޕޭމަންޓް ކޮންފާމް ކުރުމަށް ކަމަށް ބުނެ ލިންކެއް ވެސް ވަނީ ހިމަނާފައެވެ. ކަސްޓަމްސް އިން ބުނީ އެއީ ބަޔަކު ހިންގާ ސްކޭމެއް ކަމަށާއި އެއީ ސައްހަ މެސެޖެއް ނޫންކަމަށެވެ.
ކަސްޓަމްސްއިން ވަނީ އެފަދަ ލިންކުތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
🚨ސްކޭމް އެލަރޓް:
— Maldives Customs Service (@CustomsMv) June 14, 2025
ކަސްޓަމްސްގެ އެއްވެސް ޕޭމަންޓެއް ދެއްކުމަށް އެދި ލިންކަކާއެކު އެސް.އެމް.އެސް އެއް ނުފޮނުވާނެ.
މިފަދަ ލިންކުތަކަށް ސަމާލުވެލައްވާ! pic.twitter.com/G7QBIcWeRH