ކ. މާލެ
|
7 މާރޗް 2025 | ހުކުރު 10:49
ވޭޕްގެ ބާވަތްތައް
ވޭޕްގެ ބާވަތްތައް
ޓްރުތް އިނިޝިއޭޓިވް
ވޭޕް ސްޓިކް އަތުލައިގަތުން
ކަނޑުގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް އަތުލައިގެންފި
މިތަކެތި ފެނިފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމެންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި
މާލޭގައި ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕްގެ އާލަތްތައް އަތުލައިގަނެފައިވޭ

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި ފެނިފައިވަނީ މާލެ ކޮމާޝަލް ހާބަރަށް ގެނެސްފައިވާ ސީފްރައިޓް ޝިޕްމެންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިތަކެތި ފެނިފައިވަނީ މިމަހުގެ 5 ވީ ބުދަ ދުވަހުއެވެ.

ޖެނެރަލް ކާގޯގެ ގޮތުގައި ކަސްޓަމްސަށް ޑިކްލެއަރކޮށްފައިވާ މި ޝިޕްމަންޓުގައި ހިމެނޭ މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބެލި ބެލުމުން 400 ވޭޕް ހިމެނޭ ޕެކޭޖެއް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 400 ވޭޕް ސްޓިކް މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގަނެފައިވާއިރު، މިމަހުގެ 5 ވީ ބުދަ ދުވަހުގެ ރޭ ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މާލޭގައި ވޭޕްގެ ވިޔަފާރި ކުރަމުންދިޔަ ދެތަނެއް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ވޭޕްގެ އާލަތްތައް އަތުލައިގަނެފައިވެއެވެ. އަދި ބަންގްލަދޭޝް ރައްޔިތެއް ހައްޔަރުކޮށްފައިވެއެވެ.

ރާއްޖެއަށް ވޭޕު އެތެރެކުރުމާއި ވޭޕު ބޭނުންކުރުމާއި ގެންގުޅުން އަދި އޭގެ ވިޔަފާރި ކުރުން 2024 ވަނަ އަހަރުގެ ފަހުކޮޅު ވަނީ މަނާކޮށްފައެވެ. ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނު (ގާނޫނު ނަންބަރު 15/2010) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން ގެނެވުނު އިސްލާހާ ގުޅިގެން، ވޭޕުކުރުމާއި، އެ ވިއްކުމާއި، އޭގެ އެއްވެސް މުއާމަލާތެއް ކުރުމުން ޖޫރިމަނާ ކުރާނެ އަަދަދުތަކުގެ ތެރޭގައި، ވޭޕް ބޭނުންކޮށްފިނަމަ 5000 ރ. އިން ޖޫރިމަނާ ކުރާއިރު، ވޭޕް ވިއްކާ ކޮންމެ މީހަކު 20،000 ރ. ޖޫރިމަނާ ކުރާނެއެވެ. އަދި ވޭޕް ވިއްކާ ކޮންމެ ވޭޕަކަށް 10،000 ރ. ޖޫރިމަނާ ކުރާއިރު، ހިލޭ ވެސް ވޭޕެއް ދީފިނަމަ ވެސް 10،000 ރ. ޖޫރިމަނާ ކުރާގޮތަށް ވޭޕްގެ ގާނޫނުގައި ވެއެވެ.

މީގެ އިތުރުން ގާނޫނުގައިވާ ގޮތުން، އެތެރެކުރި ފަރާތް 4،050،000ރ. އިން ޖޫރިމަނާކުރެވޭނެ އެވެ. ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެ އެތަކެތި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އިން ޖޫރިމަނާ ކުރެވެއެވެ.

- ކޮމެންޓް