ކ. މާލެ
|
11 ޖޫން 2025 | ބުދަ 09:50
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
މަސްތުވާތަކެތި އަތުލައިގަތުން
ރާއްޖެއަށް އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތީ 18.62 ކިލޯގެ ކެނަބިނޮއިޑްސް
ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރޭ
ކަނޑުމަގުންނާއި، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 26 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނީ، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއްގައި ފޮރުވާފައިހުރި 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި، މިތަކެތި އަތުލެވިފައިވަނީ އަންގާރަ ދުވަހުގެ ރޭ ހިންގި ޚާއްސަ އޮޕަރޭޝަން އެއްގަައި ކަމަށެވެ.

ކަސްޓަމްސްއިން އަތުލައިގަނެފައިވަނީ 18.62 ކިލޯގެ ކެނަބިނޮއިޑްސް އެވެ.

މި އޮޕަރޭޝަންއާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގަކީ ގާތްގަނޑަކަށް 26 މިލިއަން ދިވެހި ރުފިޔާ ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ، ދިވެހިރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ގާނޫނު އަރާ ހަމަކުރަމުންދާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކަސްޓަމްސްއިން ދޭތެރެދޭތެރެއިން ޚާއްސަ އޮޕަރޭޝަންތައް ހިންގައި، ކަނޑުމަގުންނާއި، ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެނެއެވެ.

އެގޮތުން މާޗްމަހުގެ ތެރޭގައި ވެސް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 6.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އަދި އިންޑިއާ ކަނޑުން ރާއްޖެ އެތެރެކުރަން އުޅުނު 59 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވެސް އިންޑިއާގެ ކޯސްޓުގާޑުން އަތުލައިގަނެފައިވަނީ މާޗް މަހުގެ ތެރޭގައެވެ.

މީގެ އިތުރުން ވެސް ގަވާއިދާ ހިލާފަށް ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި، ދުންފަތު އިސްތިއުމާލު ކުރާ އެކިއެކި ބާވަތް ކަސްޓަމްސްއިން ދަނީ އަތުލައިގަންނަމުންނެވެ.

- ކޮމެންޓް