ކ. މާލެ
|
22 މެއި 2024 | ބުދަ 12:45
އިރާނުގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާގެ ތެެރެއިން
އިރާނުގެ ރައީސް އިބްރާހިމް ރައީސީގެ ޖަނާޒާގެ ތެެރެއިން
ރޮއިޓާރސް
އީރާނުގެ ރައީސްގެ ޖަނާޒާ
އީރާނުގެ ރައީސް ގެ މައްޗަށް ކުރެވުނު ކަށު ނަމާދު އިމާމުވެ ކުރެއްވީ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީ
ކަށު ނަމާދުގައި އީރާނުގެ ވަގުތީ ރައީސްގެ މުހައްމަދު މޮޚްބާރުގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރާއި ބައެއް ގައުމުތަކުން ރައީސީގެ ޖަނާޒާގައި ބައިވެރިވި

އީރާންގެ ރައީސް އާއި އެމަނިކުފާނު އަވަހާރަވި ހާދިސާގައި ދުނިޔެދޫކުރި މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ޔުނިވަރސިޓީ އޮފް ތެހެރާންގައި ބުދަ ދުވަހު ބާއްވައިފިއެވެ.

ކަށު ނަމާދު އިމާމުވެ ކުރެއްވީ އީރާނުގެ އެންމެ މަތީ ވެރިޔާ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއެވެ.

ކަށު ނަމާދުގައި އީރާނުގެ ވަގުތީ ރައީސްގެ މުހައްމަދު މޮޚްބާރުގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރާއި ބައެއް ގައުމުތަކުން ރައީސީގެ ޖަނާޒާއަށް ތެހެރާން އަށް ވަޑައިގެންނެވި އިއްޒަތްތެރިންނާއި އެތައް ހާސް އާއްމުން ބައިވެރިވެފައިވެއެވެ.

ކަށު ނަމާދު ނިމުމުން، ރައީސީގެ ސަންދޯއްޕުޅު ގެންދިޔައީ އީރާނުގެ އާޒާދީ މައިދާނަށެވެ. މި މައިދާނަކީ ރައީސް ރައީސީ ވަރަށް ގިނަ ތަގުރީރުތައް ދެއްވި މައިދާނެކެވެ.

އީރާނުގެ ރައީސަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމުގެ ރަސްމިއްޔާތު ފެށުނީ އަންގާރަ ދުވަހު ހެނދުނު ތަބްރީޒް ސިޓީގައެވެ.

ތަބްރީޒް އިން ރައީސީގެ ސަންދޯއްޕުޅު ގެންދިޔައީ ޤޮމް ސިޓީ އަށެވެ. ވެރިރަށް ތެހެރާން އަށް ސަންދޯއްޕުޅު ގެނައީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އަވަހަރާވީ އިރު ރައީސީގެ އުމުރުފުޅަކީ 63 އަހަރެވެ.

ރައީސީ ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރ ވެއްޓި ފުނޑުފުނޑުވެފައި ވަނިކޮށް ހޯދުނީ 70 އެތައް ޓީމަކުން އެތައް ގަޑީއިރެއް ވަންދެން ކުރި މަސައްކަތުން ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މިހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް