Advertisement
ކ. މާލެ
|
21 މެއި 2024 | އަންގާރަ 14:26
ސްކޫލްތައް ހުޅުވުން
ސްކޫލްތައް ހުޅުވުން
ރާއްޖެއެމްވީ
ޓެކްސްްޓް ފޮތްތައް ހޯދުން
ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް ފޮތްތައް ލިބޭނެ: އެޑިއުކޭޝަން
ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް ފޮތްތައް ފޮނުވާ ނިމޭނެކަމަށް ބުނި
ގްރޭޑް 7 އަދި 8 ގެ އިނގިރޭސި މާއްދާގެ ފޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަން ވެސް މިނިސްޓްރީން ފާހަގަކުރި

ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް ފޮތްތައް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްކޫލު ހުޅުވެން ހަފްތާއަކަށް ވެފައިވާއިރު، އަދިވެސް ޓެކްސްޓް ފޮތްތައް ހަމަނުވާތީ ބެލެނިވެރިން އެކަމުގެ ޝަކުވާ ކުރަން ފަށާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެޓީވީން މީގެ ކުރިން ގުޅާލުމުން މިނިސްޓްރީން ބުނީ، ފޮތްތައް ބެހުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. މިނިސްޓްރީން އިތުރަށް ބުނީ، ބައެއް ފޮތްތައް ލިބުން ލަސްވަނީ ފޮތްތަކުގައި ހިމެނޭ ބައެއް ބައިތަކަށް ބަދަލު ގެންނަންޖެހޭތީ ކަމަށެވެ.

Advertisement

އަދި ގްރޭޑް 7 އަދި 8 ގެ އިނގިރޭސި މާއްދާގެ ފޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ. އެ ނޫން ހުރިހާ ފޮތްތަކެއް މިހާރު ލިބިފައިވޭތޯ ސުވާލު ކުރުމުން މިނިސްޓްރީން ވަނީ ފޮތްތައް ލިބުމުގައި އަދިވެސް ތާށިކަން އެބައުޅޭކަމަށް ބުނެފައެވެ.

އެކަމާ ގުޅޭގޮތުން އަންގާރަ ދުވަހު ގުޅާލުމުން މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

އަދި، ދިރާސީ އަހަރު ފެށުމުގެ ކުރިން ހުރިހާ ސްކޫލަކަށްވެސް ފޮތްތައް ފޮނުވާ ނިމޭނެކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް