Advertisement
ކ. މާލެ
|
20 މެއި 2024 | ހޯމަ 14:50
ޅ.އަތޮޅު ފަޅުރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިއާއި ދަޅުތައް
ޅ.އަތޮޅު ފަޅުރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިއާއި ދަޅުތައް
ޕޮލިސް
ގިނަ އަދަދެއްގެ ބަނގުރާފުޅިތަކާއި ދަޅުތައް ހޯދުން
ޅ.އަތޮޅު ފަޅުރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިއާއި ދަޅު އަތުލައިގެންފި
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ
އަތުލައިގަތީ 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ޅ.އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާފުޅިއާއި ދަޅު އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ޅ. އަތޮޅު ގާއެރިފަރުގައި ބަނގުރާ ވަޅުލާފައި ހުރިކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ބަނގުރާ ހޯދައި ފުލުހުންގެ ބެލުުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މެއި 19 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައިފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

Advertisement

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ހިންނަވަރު ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް