Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2024 | ހޯމަ 14:45
ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް
ފުލުހުން އަތުލައިގަތް ބަނގުރާފުޅިތައް
ޕޮލިސް
ގިނަ ބަނގުރާ ފުޅިތަކާއެކު މީހަކު ހައްޔަރުކުރުން
ކާރެއް ބަލާފާސްކޮށް 100ށް ވުރެ ގިނަ ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފި
އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު 168 ފުޅި ބަނގުރާ ފެނިފައިވޭ
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، ބަނގުލަދޭޝް ފިރިހެނެއް
އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

ހުޅުމާލޭގައި ދުއްވި ކާރެއް ބަލާފާސްކޮށް 100ށް ވުރެ ގިނަ ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ ފޭސް 1 ޕޮލިސް ސްޓޭޝަނުން، އޮގަސްޓު 31 ވަނަ ދުވަހުގެ ރޭ ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު ނިރޮޅުން މަގުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު 168 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެ ކާރު ދުއްވި، ގާޒީ ސަލާހުއްދީންއެވެ. އެއީ 44 އަހަރުގެ، ބަނގުލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް