ކ. މާލެ
|
9 ނޮވެންބަރ 2024 | ހޮނިހިރު 11:53
ހުޅުމާލެއިން ހައްޔަރުކުރި ތިން މީހުން
ހުޅުމާލެއިން ހައްޔަރުކުރި ތިން މީހުން
ޕޮލިސް
ހުޅުމާލެއިން ތިން ބިދޭސީން ހައްޔަރުކުރުން
ހުޅުމާލެއިން ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި
ހުޅުމާލެ ފޭސް 2 މަގުމަތިން ޕިކަޕެއް ހުއްޓުވައި އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވޭ
އެ ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވޭ
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން

ހުޅުމާލޭގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ނޮވެމްބަރު 7 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބިކާރާ ކުމާރު، އިންޑިއާ (24އ)، އަކިލޭޝް ކުމާރު، އިންޑިއާ (27އ) އަދި އުމާކަންތު ޗޯދަރީ، ނޭޕާލް (35އ) އެވެ.

ފުލުހުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް 2 މަގުމަތިން ޕިކަޕެއް ހުއްޓުވައި އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް