ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 23:01
އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލާފައި
އައްޑޫ ސިޓީއަށް ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލާފައި
ރާއްޖެއެމްވީ
ވިއްސާރަ
ވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން - މޭޔަރު
ބައެއް ގެތަކުގެ ފުރާޅު އެއްލާލާފައިވާއިރު ބޮޑެތި ގަސްތައް ވަނީ ވެއްޓިފައި

ވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކާއި އާންމުންގެ މުދަލަށް ބޮޑެތިގެއްލުންތަކެއް ދަނީ ލިބެމުންދާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

މޭޔަރު އަލީ ނިޒާރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި، އައްޑޫ ސިޓީގެ އަވަށްތަކުގެ އާއްމުންގެ ގެދޮރާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާ ކަމަށާއި ކައުންސިލްގެ މުނިސިޕަލް ސާރވިސް، ޕަބްލިކްވޯކްސް އަދި އެމް.އެން.ޑީ.އެފް އާއި ފުލުހުން ގުޅިގެން ގެއްލުން ލިބޭފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

މޭޔަރު ވިދާޅުވީ މިވަގުތު ކަނޑު ދަތުރުކުރުމުގައި ސަމާލު ވުމަށާއި އަދި އެއްވެސް ކަމެއްގައި އެހީތެރިކަމެއް ބޭނުންވާނަމަ ލަސްނުކޮށް އަވަށު އޮފީސްތަކަށް ގުޅާ އެހީތެރިކަން ހޯދުމަށެވެ.

މޭޔަރު ނިޒާރު މިހެން ވިދާޅުވެފައިވަނީ ވިއްސާރައާއެކު އައި ގަދަ ކޮޅިގަނޑުގައި، މިއަދު 11:59 ހާއިރު އެ ރަށު "ޓިއުލިޕްމާ" ގޭގެ ފުރާޅު މަގުމައްޗަށް އެއްލާލާފައިވާ ހާދިސާއެއް ހިނގާފައިވަނިކޮށެވެ.

އެ ފުރާޅު މަގުމަތިން އެއްފަރާތްކުރުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް