ކ. މާލެ
|
8 މެއި 2024 | ބުދަ 23:02
އައްޑޫސިޓީ
އައްޑޫސިޓީ
އަހުމަދު ފާރިސް
ޑެންގީ އިތުރުވުން
އައްޑޫގައި ޑެންގީ އިތުރުވާތީ ސަމާލުވާން އިލްތިމާސްކޮށްފި
 
މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށާއި މަދިރިން ސަލާމަތްވުމަށް ވަނީ އިލްތިމާސްކޮށްފައި

އައްޑޫ ސިޓީގައި ޑެންގޫ ހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން އިލްތިމާސްކޮށްފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މިދުވަސްވަރު އައްޑޫސިޓީގައި ޑެންގީހުން ޖެހޭ މިންވަރު އިތުރުވަމުންދާތީ ރައްޔިތުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ޑެންގީން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މަދިރި އާލާވާ ތަންތަން ނައްތާލުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިދުވަސްވަރު ޑެންގީ އާއި ޗިކުންގުންޏާ ފެތުރޭ މިންވަރު އިތުރުވަމުން އަންނަނީ އެޗްޕީއޭއިން ވަނީ މިކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މި ދެ ބައްޔަކީވެސް އީޑީސް މަދިރީގެ ސަބަބުން ޖެހޭ ދެ ބައްޔެވެ. އެޗްޕީއޭއިން ބުނީ ޑެންގީން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުންއެޅުމާއި މަދިރި ލޯޝަން/ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރަން ޖެހޭކަމަށެވެ. އަދި ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި، ގޯތިތެރެއާއި މަގުމައްޗަށް އުކައިނުލުމާއި، އަދި ފެން ހަރުލާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުމަށް އެދިފައިވެއެވެ.

ބަލި ޖެހިއްޖެނަމަ ގިނައިން އަރާމު ކުރުމާއި، ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. އަދި ތިން ދުވަހަށްވުރެ އިތުރަށް ހުން އަންނަނަމަ، ނުވަތަ ދިޔާއެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާބޮޑަށް ވަރުދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް