Advertisement
ކ. މާލެ
|
2 މެއި 2024 | ބުރާސްފަތި 12:39
އައްޑޫ ޕޮލިސް ސްޓޭޝަން
އައްޑޫ ޕޮލިސް ސްޓޭޝަން
ރާއްޖެއެމްވީ
އައްޑޫގެ ސްޕާއަކުން ބަޔަކު ހައްޔަރުކުރުން
އައްޑޫގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފައިވޭ
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ ތިން އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރީ ތައިލެންޑުގެ ތިން އަންހެނުން ކަމަށެވެ.

Advertisement

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ސްޕާ ތަކުގެ ނަމުގައި ހިންގާ ތަންތަނުގައި ހަށިވިއްކާކަމުގެ ތުހުމަތުގައި މީގެ ކުރިން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި މާލެސިޓީގައި ވެސް ޚާއްސަ އޮޕަރޭޝަންތައް ހިންގާއިރު، މިފަދަ ތަންތަން ވަރަށް ގިނަ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް