Advertisement
ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 14:40
ޖަލްސާގައި ރުހުން ދިން ސަފީރުންގެ ތެރެއިން ތިން ސަފީރުން- ފައިލް ފޮޓޯ
ޖަލްސާގައި ރުހުން ދިން ސަފީރުންގެ ތެރެއިން ތިން ސަފީރުން- ފައިލް ފޮޓޯ
ރައްޔިތުންގެ މަޖިލިސް
ސަފީރުންނަށް ރުހުން ދިނުން
މިސަރުކާރުގެ 8 ސަފީރުންނަށް މަޖިލީހުން ރުހުން ދީފި
މި ޖަލްސާގައި ބައެއް މުހިންމު ބިލްތަކަށް މެންބަރުން ބަހުސްކޮށް، ވޯޓަށް އަހާފައިވޭ

ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 8 ސަފީރުންގެ ނަން ފާސްކޮށް ރުހުން ދީފިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މަޖިލީހުގައި ރާއްޖެއިން އެކި ގައުމުތަކަށާއި، ބައިނަލްއަގްވާމީ އިދާރާތަކަށް ކަނޑައަޅަން، ސަރުކާރުން ރައްޔިތުންގެ މަޖީލަހަށް ފޮނުވި 8 ސަފީރުންގެ ނަން ވަނީ ފާސްކޮށް ރުހުން ދީފައެވެ.

ރުހުން ދިން ސަފީރުންނަކީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމަށް މުހައްމަދު ހުސައިން ޝަރީފް (މުންދު)، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު މުހައްމަދު، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް، ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މަސްއޫދު އިމާދު، މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު، ރާއްޖެއިން ބެލްޖިއަމަށާއި، ޔޫރޮޕިއަން ޔޫނިއަން ސަފީރުކަމަށް ގީލާ އަލީ، ރާއްޖެއިން ޖެނީވާގައި ހުންނަ އދ. އޮފީހުގެ ދާއިމީ މަންދޫބުކަމަށް ޑރ. ސަލްމާ ރަޝީދު އަދި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް މުހައްމަދު ލުވޭޒު އެވެ.

Advertisement

ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުންދު އަންޔަންކުރެއްވިއިރު، އޭނާއަކީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމު ވެސް އަދާކުރަމުން ގެންދަވާ ބޭފުޅެކެވެ.

މީގެ އިތުރުން މި ޖަލްސާގައި ބައެއް މުހިންމު ބިލްތަކަށް މެންބަރުން ބަހުސްކޮށް، ވޯޓަށް އަހާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް