ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 11:42
މަގޫދޫގެ ފެނަކައިގެ އައު އޮފީސް އިމާރާތް
މަގޫދޫގެ ފެނަކައިގެ އައު އޮފީސް އިމާރާތް
ފެނަކަ
ކަރަންޓު ބިލު ބޮޑުވުން
ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
 
ރޯދަ މަހު ބިލުން ކުޑަކުރި ބައި ހޯދަން ކުރިކަމެއް ކަމެއް އާންމުން ދެކޭ
 
މިއީ ރައްޔިތުން ނިކަމެތި ކުރުން ކަމަށް ބައެއް މީހުން ބުނެފައިވޭ
 
މިމައްސަލައާ ގުޅިގެން ފެނަކާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

އަތޮޅުތެރޭ ރަށްރަށުގެ ކަރަންޓު ބިލު ވަރަށް ބޮޑުވެފައިވާ ކަމަށް ބުނެ އަނެއްކާ ވެސް އާންމުން ޝަކުވާ ބޮޑުވެއްޖެއެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕްރޭޝަނުންނެވެ.

ކޮންމެ އަހަރެއްގެ ހޫނު މޫސުމުގައި ކަރަންޓު ބިލު ބޮޑުވާ މައްސަލަ ފެންމަތިވެއެވެ.

ސޯޝަލް މީޑިއާގައި އާއްމު ރައްޔިތުން ކަންބޮޑުވުންފާޅު ކުރަމުންދާއިރު، ބައެއް މީހުން ބުނެފައިވަނީ މިދިޔަ މަހުގެ ކަރަންޓު ފީ 4 ގުނަ އިތުރުވެފައިވާ ކަމަށެވެ. 1000 ކަރަންޓު ފީއަށް ނާރާ ގެތަކަށް 4000ށް ވުރެ މަތިން ކަރަންޓު ބިލް ފޮނުވާފައިވާ ކަމަށް އެމީހުން ބުނެއެވެ. އަދި ހޫނު ގަދަވި ނަމަވެސް ކަރަންޓު ބޭނުންނުކުރާ މިންވަރަށް ބިލް ފޮނުވާފައިވާ ކަމަށް ބައެއް މީހުން ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން ކަރަންޓު ފީ ބޮޑު ވާ މައްސަލަ ބަލާނެ މުއައްސަސާއެއް ނެތްތޯ ސުވާލު އުފައްދާފައިވެއެވެ. އަދި މި ނިމުނު ރޯދަ މަހު ސަރުކާރުން ކަރަންޓު ފީ ކުޑަ ކޮށްދިނުމަށްފަހު، އަނެއްކާ ވެސް ކަރަންޓީ ފީ ދެގުނަ ބޮޑު ކުރީ ކަމަށާއި، ރައްޔިތުން ނިކަމެތިކުރަނީ ކަމަށް ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން ފެނަކާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ކަރަންޓު ބިލު ބޮޑުވެފައިވާ މައްސަލަ ފެންމަތިވިއިރު، ރައްޔިތުން މަޖިލިސް އިންތިޚާބު ބޯމަތިވެފައިވަނިކޮށް މިސަރުކާރުން ވަނީ ރަމަޟާން މަހުގެ ފެނާއި ކަރަންޓު ބިލު އާންމު މަހަކާއި އެއްވަރަށް ކެޕްކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް އަންގާފައެވެ. އެހެންކަމުން އެމަސްތަކުގައި ބިލު އެހައި ބޮޑުވެފައިނުވެއެވެ.

އާއްމު ރައްޔިތެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއް - ސޯޝަލްމީޑިއާ
އާއްމު ރައްޔިތެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއް - ސޯޝަލްމީޑިއާ

މީގެ އިތުރުން މާލެސިޓީއަށް ކަރަންޓު ފޯރުކޮށްދެމުންދާ ސްޓެލްކޯއިން ބުނީ މިދިޔަ މަހުގެ ބިލް ގޭބިސީތަކަށް ނުފޮނުވާ ކަމަށާއި، ބިލް ފޮނުވަމުންދަނީ އަންނަ ހަފްތާ ތެރޭގައި ކަމަށެވެ. މީގެ ކުރިން މާލެސިޓީގެ ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވި މައްސަލަ ފެންމެތިވިއެވެ. އެކަމާއި ގުޅޭގޮތުން އޭރު ސްޓެލްކޯއިން ބުނަނީ ބިލު ބޮޑު ވަނީ ޖައްވު ހޫނުވުމާ އެކު، އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވާތީ ކަމަށެވެ.

ސްޓެލްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާއްމު ގޮތެއްގައި ހޫނު ގަދަ ދުވަސްތަކުގައި ގޭބީސީތަކުން އެވްރެޖުކޮށް 560 ޔުނިޓްގެ ކަރަންޓު ބޭނުން ކުރެ އެވެ. އަދި އެހެން މަސްތަކުގައި ގޭބީސީއަކުން އެވްރެޖުކޮށް 500 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުން ކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
13%
25%
0%
0%
0%
63%
ކޮމެންޓް