ކ. މާލެ
|
17 އޭޕްރިލް 2024 | ބުދަ 19:28
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގެ ތެރޭން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާނޫނީ ވަކީލުންގެ ޓީމް
މީގެ ކުރިން ބޭއްވި އަޑުއެހުމެއްގެ ތެރޭން، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ގާނޫނީ ވަކީލުންގެ ޓީމް
ރާއްޖެ އެމްވީ
ޔާމީނުގެ ޝަރީއަތް
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
 
އާރަށު މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ނިމިފައިވާއިރު، އެމަނިކުފާނު ހުންނެވީ ވަގުތީ ލުއިތަކަކާއެކު ގޭބަންދުގައި
 
އާރަށު މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 21 ނޮވެމްބަރު 2023ގައި
 
އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި ކޮރަޕްޝަނުގެ ދައުވާތަކާ ގުޅިގެން އިއްވި 11 އަހަރުގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ބުނީ ކުރީގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުން ބުރާސްފަތި ދުވަހު މެންދުރަށް ތާވަލުކުރެވިފައި ވާކަމަށެވެ.

އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00ށެވެ.

އާރަށުގެ މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވަނީ 21 ނޮވެމްބަރު 2023ގައެވެ. އެ ދުވަހު ފަނޑިޔާރުން ވިދާޅުވީ، މައްސަލަ ދިރާސާ ކުރެއްވުމުގެ ތެރޭގައި އިތުރު ކަމެއް ސާފުކުރައްވަން ނެތްނަމަ، ދެން އޮންނާނީ މި މައްސަލައިގެ ހުކުމްކުރެއްވުން ކަމަށެވެ.  

ޔާމީން އަބްދުލްގައްޔޫމާއި ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓުއަރިޒަމާއި މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކުރައްވައި، ޓުއަރިސްޓް ރިޒޯޓް ތަރައްގީކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި، ލޯންޑަރ ކުރައްވާފައިވާކަން ދަށު ކޯޓުގައި ވަނީ ސާބިތުވެފައެވެ.

އާރަށު މައްސަލައިގެ އިސްތިއުނާފީ މަރުހަލާ ނިމިފައިވާއިރު، އެމަނިކުފާނު ހުންނެވީ ވަގުތީ ލުއިތަކަކާއެކު ގޭބަންދުގައެވެ.

ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގގެ އެހެން މައްސަލައެއްގެ ޝަރީއަތް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރުވެސް ހިނގަމުންދެއެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން އެމްއެމްޕީއާރްސީ މެދުވެރިކުރައްވައި، ރ. ފުއްގިރި ވިއްކަވައިގެން ލިބުނު 1.1 މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރައްވާފައިވާ މައްސަލައެވެ.

އެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޖޫން 2020ގައެވެ. އެ މައްސަލައިގެ ޝަރީއަތްވެސް އަޑުއެހުމެއް ނުބާއްވާތާ 6 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

އަނެއްކޮޅުން ރައީސް ޔާމީން މިނިވަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާތީ އެކަމުގެ ފާޑުކިޔުންތައްވެސް ވަނީ ބޮޑުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި
ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ސިޔާޒަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން
ރައީސް ޔާމީންގެ ޕީއެންއެފް ރަޖިސްޓްރީކޮށްދީފި
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ޔާމީނަށް ކުރި 11 އަހަރުގެ ޖަލު ޙުކުމް ބާތިލު، ނަމަވެސް ދަށު ކޯޓުން އަލުން މައްސަލަ ބަލަންޖެހޭނެ