ކ. މާލެ
|
15 އޭޕްރިލް 2024 | ހޯމަ 20:25
އިންޑިޔާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން
އިންޑިޔާ އަދި އީރާނުގެ ޚާރިޖީ ވަޒީރުން
ގެޓީ އިމޭޖަސް
އީރާނުން ހިފެހެއްޓި ބޯޓު
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
 
އެމް.އެސް.ސީ. އޭރީސް ނަމަކަށް ކިޔާބޯޓްގައި ތިބި 25 ފަޅުވެރިންގެ ތެރެއިން 17 މީހުންނަކީ އިންޑިޔާގެ ރައްޔިތުންނެވެ.

އީރާނުގެ އަސްކަރިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ހިފައްޓާފައިވާ އިސްރާއިލްގެ ކާގޯ އުފުލާ ބޮޑު ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ ބައްދަލް ކުރުމުގެ ފުރުސަތު އީރާނުން އިންޑިޔާގެ އޮފިޝަލުންނަށް ދޭން ގަސްތުކުރާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

އެމް.އެސް.ސީ. އޭރީސް ނަމަކަށް ކިޔާބޯޓްގައި ތިބި 25 ފަޅުވެރިންގެ ތެރެއިން 17 މީހުންނަކީ އިންޑިޔާގެ ރައްޔިތުންނެވެ.

އީރާން އަދި އިންޑިޔާގެ އިސްއޮފިޝަލުން ފޯނުން މަޝްވަރާކުރުމަށްފަހު އީރާންގެ ފޮރިން މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި އީރާނުން ބުނެފައިވަނީ ހިފެހެއްޓި ބޯޓުގެ ހާލަތު ގާތުން ބަލަމުން ދާކަމަށާ އިންޑިޔާ ސަރުކާރުން ފޮނުވާ ބަޔަކާ ފަޅުވެރިން ބައްދަލް ކުރުމުގެ ފުރުސަތު ދާދި އަވަހަށް ދެވޭނެ ކަމަށެވެ. ނަމަވެސް މިކަން ކުރިއަށް ދާނެ ތާރީޚެއް ނުވަތަ ވަގުތެއް ބުނެފައެއް ނުވެއެވެ.

އީރާނުގެ ސްޕެޝަލް ފޯސަސްއިން ހިންގި އޮޕަރޭޝަނެއްގައި ބޯޓު ހިފަހައްޓާފައިވަނީ ޔޫއޭއީގެ އައްސޭރި ފަށުން ދަތުރު ކުރަމުން ދަނިކޮން މިދިޔަ ހޮނިހިރު ދުވަހުއެވެ. އޭގެ ފަހުން އީރާނުން ވަނީ ހަމައެރޭ އިސްރާއިލަށް ވަރުގަދަ މިސައިލް އަދި ޑްރޯން ހަމަލާތަކެއް ދީފައެވެ. ޓެލްއަވީވުން ބުނެފައިވަނީ އެހަމަލާގައި ފޮނުވާލި މިސައިލް ގެ 99 އިންސައްތަވަނީ ހުއްޓުވިފަ ކަމަށެވެ.

އިންޑިޔާއިން ވަނީ ދެގައުމު ދެމެދު ރުޅިވެރިކަން އިތުރަށް މައްޗަށް ނުދާނެ ގޮތަކަށް ކަންތައް ކޮށް، ދެގައުމުންވެސް ފަހަތަށް ޖެހި ޑިޕްލޮމަސީގެ މަގު އިޚްތިޔާރު ކުރުމަށް ގޮވާލާފައެވެ. އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރުވަނީ އީރާންގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރު އަބްދުލްހިޔާން އަށާ އިސްރާއިލްގެ ޚާރިޖީ ވަޒީރަށް ވެސް ފޯނުން ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ. އަދި ބޯޓުގައި ތިބި އިންޑިޔާގެ 17 މީހުންގެ ސަލާމަތާ ރައްކާތެރިކަން ހޯއްދެވުމުގެ ގޮތުން އެހީ އަށް އެދިވަޑައިގެންފައެވެ.

އީރާނުން ހިފެހެއްޓި އާގުބޯޓް (އެމް.އެސް.ސީ. އޭރީސް) --- ފޮޓޯ: ގެޓީއިމޭޖްސް

ޕޯޗުގީޒް ދިދަ ޖަހައިގެން ދަތުރުކުރާ ބޮޑު ކާގޯ ބޯޓަކީ އިސްރާއިލުގެ ބިލިއަނަރެއް ކަމަށްވާ އެޔާލް އޮފަރ ގެ ބޯޓެއް ކަމަށް ވެއެވެ. އިސްރާއިލްގެ ބާރުތަކުން ބޯޓު ހިފަހައްޓާފައިވަނީ ޔޫއޭއީ އާ ފަންސާހަކަށް މޭލު ދުރުން ދަތުރު ކުރަމުން ދަނިކޮށެވެ. ރޮއިޓާސް އިން ދެއްކި ވީޑިއޯ ފުޓޭޖަކުން ފެންނަ ގޮތުގައި ސިފައިން ބޯޓަށް ފައިބާފަ ވަނީ ހެލިކޮޕްޓަރެއްގަ ގޮހެވެ.

އިންޑިޔާގެ އިތުރުން ބޯޓުގައި ޕާކިސްތާން، ފިލިޕީންސް ރަޝިޔާ އަދި އެސްޓޯނިޔާ ގެ މީހުންވެސް އެބަތިއްބެވެ.

ބޯޓު ހިފަހައްޓާފައިވާތީ އެމެރިކާ އަދި އިގިރޭސި ވިލާތުން ވަނީ އީރާނަށް ފާޑުކިޔާފައެވެ. އަދި ވަގުތުން ބޯޓު ދޫކޮށް ލުމަށް ވަނީ ގޮވާލާފައެވެ.

އިންޑިޔާއިން މިހާރުވަނީ ވަކިގޮތެއް އަންގަންދެން އީރާން އަދި އިސްރާއިލް ދަތުރު ނުކުރުމަށް އިންޑިޔާގެ ރައްޔިތުންނަށް އަންގާފައެވެ. އަދި މިވަގުތު އެދެގައުމުގަ ތިބި މީހުންވެސް އެމްބަސީގައި ރަޖިސްޓަރީ ވުމަށް ވަނީ އަންގާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް