Advertisement
ކ. މާލެ
|
11 ނޮވެންބަރ 2025 | އަންގާރަ 01:06
ނިއު ދިއްލީ ގައި ހިނގި ނުރައްކާތެރި ހާދިސާ ގައި ގޮއްވާލި ކާރުގައި ރޯވެފައި
ނިއު ދިއްލީ ގައި ހިނގި ނުރައްކާތެރި ހާދިސާ ގައި ގޮއްވާލި ކާރުގައި ރޯވެފައި
އެކްސް
އިންޑިއާ
ދިއްލީގެ މަޝްހޫރު ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަޚަމް ވެއްޖެ
ދިއްލީގެ ތާރީހީ ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވައިލުމުގެ ސަބަބުން މަދުވެގެން 7 މީހުން މަރުވެ 20 މީހަކަށް އަނިޔާވެފައިވާއިރު، މުޅި ސަރަހައްދު ވަނީ ހައި އެލާޓް އަށް ގެނެސްފައި. .

ދިއްލީގެ ތާރީހީ ރެޑް ފޯޓް ކައިރީގައި ކާރެއް ގޮއްވާލުމުގެ ސަބަބުން މަދުވެގެން ހަތް މީހުން މަރުވެ އިތުރު ބައެއް މީހުން ޒަހަމްވެފައި ކަމަށް އޮފިޝަލުން ބުނެފިއެވެ.

ދިއްލީ ސިޓީ ފުލުހުންގެ ތަރުޖަމާނު ސަންޖޭ ތިޔާގީ މި ހާދިސާ ގައި މީހުން މަރުވިކަން ބީބީސީ އަށް ކަށަވަރުކޮށްދެއްވައި، އިތުރު 20 މީހަކަށް އަނިޔާވެފައިވާ ކަމަށް ވިދާޅުވިއެވެ.

ކާރު ގޮވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

ފުލުހުން މި ގޮވުމުގެ ސަބަބު ހުރިހާ ނަޒަރަކުން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ. ދިއްލީ ފުލުހުންގެ ކޮމިޝަނަރު ސަތީޝް ގޯލްޗާ ނޫސްވެރިންނަށް ވިދާޅުވެފައިވަނީ މި ހާދިސާ ހިނގީ އެތާ ގަޑިން 18:52 ހާއިރު، މަޑު ދުވެއްޔެއް ގައި ދަތުރުކުރަމުން އައި ވެހިކަލެއް ޓްރެފިކް ރަތް ލައިޓުގައި މަޑުކޮށްގެން އޮއްވާ ގޮވާ އޭގެ ސަބަބުން ކައިރީގައި ހުރި ވެހިކަލްތަކަށް ބޮޑެތި ގެއްލުންވީ ކަމަށެވެ.

އޮފިޝަލުން ބީބީސީ އަށް ވިދާޅުވީ މި ގޮވުން ހިނގީ ހަޔުންޑާއި މަރުކާގެ އައި20 ގެ ކާރެއްގައި ކަމަށާއި، އެ ކާރު ދަތުރުކުރަމުން އައި އިރު އޭގައި ތިން މީހުން ތިބި ކަމަށެވެ.

ޙާދިސާ އާ ގުޅިގެން ވެރިރަށް ދިއްލީގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފައެވެ.

އޭގެ އިތުރުން އިންޑިއާގެ ފައިނޭންޝަލް ކެޕިޓަލް މުމްބާއީ އާއި ދިއްލީއާ ދެމެދު ގެ ސަރަހައްދުގައި އޮންނަ އުއްތަރު ޕްރަދޭޝް ސްޓޭޓް ވަނީ ހައި އެލާޓް އަށް ގެނެސްފަ އެވެ.

މި ގޮވުން ހިނގީ ދިއްލީގެ އެންމެ މަޝްހޫރު ތަންތަނުގެ ތެރެއިން ރެޑް ފޯޓް ކައިރީގައި އޮންނަ މެޓްރޯ ސްޓޭޝަނެއް ކައިރީގައެވެ. މިއީ ކޮންމެ އަހަރަކު އެތައް ހާސް ޓޫރިސްޓުން ޒިޔާރަތްކުރާ، 17 ވަނަ ގަރުނުގައި މުގަލް ރަސްކަމުގެ ޒަމާނުގައި އަޅާފައިވާ އަދި އިންޑިއާގެ ބޮޑުވަޒީރުން ކޮންމެ އަހަރަކު މިނިވަން ދުވަހު ތަގުރީރު ކުރައްވާ ސަރަހައްދެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މި ހާދިސާ ގައި މަރުވި މީހުންގެ އާއިލާ ތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރު ރާހުލް ގާނދީ ބަޔާނެއްގައި ވިދާޅުވީ މި ޚަބަރަކީ "ވަރަށް ހިތާމަވެރި" ޚަބަރެއް ކަމަށެވެ. ފެޑެރަލް ހޯމް މިނިސްޓަރު އަމިތް ޝާހް ވިދާޅުވީ އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ ގާޑް އަދި ނޭޝަނަލް އިންވެސްޓިގޭޝަން އޭޖެންސީގެ ޓީމްތަކާއި ފޮރެންސިކް ތަޖުރިބާކާރުން މި ޙާދިސާ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. އޭނާ ވިދާޅުވީ ފުރިހަމަ ތަހުގީގެއް ހިންގާ، ހުރިހާ އޮޕްޝަންތަކެއް ވަގުތުން ތަހުގީގުކުރެވި ނަތީޖާތައް ރައްޔިތުންނަށް ހުށަހަޅާނެ ކަމަށެވެ.

ގޮވުމުގެ ހާދިސާ ހިނގި ސަރަހައްދުގައި އުއްތަރު ޕްރަދޭޝްގެ އެންޓި-ޓެރަރިސްޓް ސްކުއޮޑް (އޭޓީއެސް)، ނޭޝަނަލް ސެކިއުރިޓީ ގާޑް (އެންއެސްޖީ)، އަދި ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް) ގެ އޮފިޝަލުންނާ އެކު ބޮޑު ސެކިއުރިޓީ ފައުޖެއް ދަނީ ހަރަކާތްތެރި ވަމުންނެވެ.

- ކޮމެންޓް