Advertisement
ކ. މާލެ
|
6 އޭޕްރިލް 2024 | ހޮނިހިރު 19:40
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ވައްކަމުގެ މައްސަލަތައް
އޮފީހަކުން 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައެއްގައި މީހަކަށް ދައުވާކުރަނީ
އޭނާގެ އިއުތިރާފާއި، އިތުރު ހެތްކާއި ގަރީނާވެސް ހިމެނޭ
އޭނާއަކީ މި ބާވަތުގެ ކުށުގެ ރެކޯޑުވެސް އޮތް ފަރާތެއް

އޮފީހަކުން 8 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށްނެގި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ އަމިއްލަ ފަރާތެއްގެ އޮފީހަކުން ފައިސާ ވަގަށްނެގުމުގެ ކުށުގެ ތުހުމަތެވެ.

Advertisement

ޕީޖީ އޮފީހުން އެދިގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާއިރު، ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާއަކީ މި ބާވަތުގެ ކުށުގެ ރެކޯޑުވެސް އޮތް ފަރާތެކެވެ.

މި މައްސަލައިގައި އޭނާ ވަގަށްނަގާފައިވާ ފައިސާގެ އަދަދު 8 ލައްކަ ރުފިޔާއަށް އަރާކަމަށާއި، އޭނާގެ އިއުތިރާފާއި، އިތުރު ހެތްކާއި ގަރީނާވެސް ހިމެނޭކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް