Advertisement
ކ. މާލެ
|
24 މާރޗް 2024 | އާދީއްތަ 19:28
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް
ރާއްޖެއެމްވީ
ކެމްޕޭނަށް ހުރަސް އެޅުން
ފެންނަމުން މިދަނީ 2018 ގެ ކުރިން އޮތް ޙާލަތު އެނބުރި އައުމުގެ ނުރައްކާތެރި އިންޒާރެއް: ފައްޔާޒު
ކެމްޕޭނާ ގުޅުވައި އެކި ފަރާތްތައް ވަޒީފާއިން ވަކި ކޮށްފައިވޭ
މިއީ 2018 ގެ ކުރިން އޮތް ޙާލަތު އެނބުރި އައުމުގެ ނުރައްކާތެރި އިންޒާރެއް

އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމުގައި އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތި ކުރުވަމުންދާކަމަށް ވިދާޅުވެ އެ ޕާޓީގެ ޗެއަރޕަރސަން ފައްޔާޒު އިސްމާއިލް ނުރުހުން ފާޅު ކުރައްވައިފިއެވެ.

ފައްޔާޒު ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކަށް އެކި ގޮތްގޮތުން ބިރު ދެއްކުމާއި، ފުރައްސާރަ ކުރުމާއި، އަނިޔާވެރިވުން އިތުރުވަމުންދާ ކަމަށާއި، އެކަމާ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މިއީ 2018 ގެ ކުރިން އޮތް ޙާލަތު އެނބުރި އައުމުގެ ނުރައްކާތެރި އިންޒާރެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން އޭރުވެސް ދައުލަތުގެ ފަރާތުން ބިރުދެއްކުމާއި، އިދިކޮޅު ސިޔާސީ ފަރާތްތަކަށް އަނިޔާވެރިވުން އޮތްކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ.

Advertisement

ފައްޔާޒު ވިދާޅުވީ، ފާއިތުވި 48 ގަޑިއިރުގެ ތެރޭގައިވެސް އެފަދަ ޙާދިސާތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގާފައިވާ ކަމަށެވެ. އެގޮތުން ގއ ކޮލަމާފުށީ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ އަމަލުތަކާއި، މެމްބަރު އަހުމަދު ހަލީމް ކެމްޕޭނަށް ވަޑައިގެންނެވުމުން ހުރަސް އެޅުމާއި އެނޫންވެސް އިތުރު ކަންކަން ފައްޔާޒު ފާހަގަ ކުރައްވާފައިވެއެވެ.

އަދި ފާއިތުވި ދުވަސްތަކުގައި ކެމްޕޭނާ ގުޅުވައި އެކި ފަރާތްތައް ވަޒީފާއިން ވަކި ކޮށްފައިވާކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް