ކ. މާލެ
|
21 މާރޗް 2024 | ބުރާސްފަތި 11:42
ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް
އިސްރާއީލް ހަނގުރާމަ
އިސްރާއީލުން ކުރާ ހަނގުރާމާގައި ލުބްނާނުން ގެދޮރު ގެއްލުނު މީހުންނަށްވެސް އިންތިހާއަށް ދަތި ދުވަސްތަކެއް!
ކަމާ ބެހޭ ޚާރިޖީ އިޒްރާތަކުން ދަނީ، ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ރޯދަ ވީއްލޭނެ ގޮތް ހަމަޖައްސައިދެމުން

ރަމަޟާން މަހުން ޢާންމު ދުވަހެއްގައި އިރު އޮއްސުމާއެކު މުސްލިމު އެތައް ޢާއިލާތަކެއް ސުފުރާތައް މައްޗަށް އަރާ، ރޯދަ ވީއްލާ، ދުޢާކޮށް، އެންމެން އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަ ކުރެއެވެ. ނަމަވެސް، އެ ނަސީބަކީ އެންމެންނަށް ލިބިފައި އޮތް ނަސީބެއް ނޫނެވެ.

ލުބްނާންގެ ދެކުނަށް ޢަމާޒުކޮށް، ޔަހޫދީ އިޒްރޭލުން ދެމުންދާ ސިލްސިލާ ޙަމަލާތަކުން ދިފާޢުވުމަށް އަމިއްލަ ގެދޮރު ދޫކޮށް ދިޔަ މީހުންނަށް، މި ރަމަޟާން މަހަކީ ހިތްދަތި ދުވަސްތަކެކެވެ. ޢާއިލީ އިފްތާރުތަކަށް ލޯބިކުރާ އެތައް ބަޔަކަށް މި ރަމަޟާން މަހުގެ ދުވަސްތައް ހޭދަ ކުރަން މަޖުބޫރުވެފައި ވަނީ އެކި ހިސާބުތަކުގައެވެ. ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކުން ސަލާމަތްވުމަށް، އެތައް ޢާއިލާއެއް ވަނީ އެކި ހިސާބުތަކަށް ވިއްސިވިހާލި ވެފައެވެ.

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުއްލާ ޖަމާޢަތާއި ޔަހޫދީ އިޒްރޭލުގެ ނިރުބަވެރި އަސްކަރިއްޔާއާ ދެމެދު މިދިޔަ އޮކްޓޯބަރ މަހު ކުރިމަތިލުންތައް ހިންގަން ފެށިފަހުން މިހާނަށް، 90000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ (ދެކުނުން) ގެއްލިފައެވެ. މި ކުރިމަތިލުންތަކަކީ ލުބްނާންގެ އަވަށްޓެރި ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދާ ޤަތުލުޢާންމުން ލުބްނާނަށް 'ބަންޑުންވި' ބައެއްގެ ގޮތުގައި ސިފަ ކުރެވިދާނެއެވެ.

ޢުމުރުން 64 އަހަރުގެ ޢިމާދު ޢަބްދުﷲ ކިޔައިދިން ގޮތުގައި، މި ފަހުރު އޭނާއަށް ރޯދަވީއްލަން ޖެހިފައިވަނީ އެކަނިމައިއެކަނި އިނދެގެންނެވެ.

ހަނގުރާމައިގެ ތެރޭގަ ރަމަޟާން މަސް ތަފާތު. ރަމަޟާން މަސް ތަފާތު ހަނގުރާމަ ކުރާ އިރު. ވަރަށް ދަތިވެއްޖެ ކަންކަން. އަމިއްލަ ވަޒަނުގަ، ސުލްޙައިގަ އުޅުނު ގޮތަކަށް ދިރިއުޅެވޭނެ ގޮތެއް ނޯންނާނެ. ހަނގުރާމަ ނުކޮށް އޮންނަ ދުވަސްވަރެއްގަ ޢާއިލާގެ މެންބަރުން، ކޮންމެވެސް އެއް ގެއަކަށް ޖަމާވާނެ، ވަރަށް ފަސޭހަކޮށް ކަންކަން އޮންނާނީ. ހަނގުރާމައެއްގެ ތެރޭގަ ރަމަޟާން މަސް ހޭދަ ކުރަން ޖެހުނީމަ، ދަތިތަކެއް އެބަ ހުރި. މިސާލަކަށް ޢާއިލާއާ ދުރުގަ އުޅެން މަޖުބޫރުވުން.
ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް

އިޒްރޭލުގެ އުތުރު ބޯޑާރާ ވީ ސަރަޙައްދުގައިވެސް، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެއެވެ. ބޯޑަރު ސަރަޙައްދުގެ އަވަށެއް ކަމަށްވާ ބިންތި ޖަބޭއިލްގައި ދިރިއުޅެމުން ދިޔަ ޢަބްދުﷲގެ ޢާއިލާއިން އެ ތަން ދޫކޮށް މައި ޣައްޒާއަށް ބަދަލުވާން ފެށީ، ޤަތުލުޢާންމުގެ ކުރީކޮޅުގަވައެވެ. އެންމެ ފުރަތަމަ ނުކުތީ ޢަބްދުﷲގެ އަނބިމީހާއާއި 3 އަންހެން ދަރިންނެވެ. އޭގެ ފަހުން 2 މަހާއި ބައިގެ މުއްދަތެއް ހޭދަކުރުމަށްފަހު ޢަބްދުﷲވެސް އެ އަވަށުން ނުކުތީއެވެ. މުޅި އަވަށް ހުސްވެ، ދިރިއުޅުން ކުރިއަށް ގެންދެވޭނެ ގޮތެއް ނެތުނު ހިސާބުންނެވެ.  

އަހަރެންގެ ޢާއިލާއިން އުފަން ފަސްގަނޑު ދޫކޮށް ހިޖުރަ ކުރަން ފެށީ އަހަންނަށް ވުރެ 2 މަހާއި 15 ވަރަކަށް ދުވަސް ކުރިން. ދެން އަހަންނަށްވެސް އެ ބިމުގަ ދިރިއުޅެވޭނެ ވަރު ނުވީ ހަމަ. ކާއެއް ނެތް، ކޮފީ އެއް، ފެނެއް، ސިނގިރޭޓެއް، އެކައްޗެއްވެސް ލިބެން ނެތް. އެއީ ގާތްގަނޑަކަށް... ދެމަހާއި ބަޔަށް ފަސް، މުޅި އަވަށުން މީހުންވެސް ހުސްވެއްޖެ. ވަރަށް މަދު ޢާއިލާތަކެއް ތިބީ، ދާނެ އިތުރު ތަނެއް ނެތިފަ ތިބި މަދު ބަޔަކު ތިބީ.
ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް

ވެރިކަން ކުރާ ބެއިރޫތުގައި ކުލި ދައްކައިގެން ދިރިއުޅުވޭ ވަރުގެ ތަނަކަށް ބަދަލުވުމާ ދެމެދު، 3 ފަހަރަށް ގެދޮރު ގެއްލި، މަގުމަތިވިއެވެ. އުފަން ވަޒަނާ 15 މޭލު ދުރުގައި ޢަބްދްﷲ މިހާރު ދިރިއުޅެމުން ދަނީ އިތުރު 5 މީހުންނާ އެކީ، އެއް ކޮޓަރިއެއްގައެވެ.

ހިޒްބުއްލާއާއި އިޒްރޭލުގެ އަސްކަރިޔާއާއި ދެމެދު ބަދަލު ކުރަމުން ދާ ޙަމަލާތަކަކީ، 2006 ވަނަ އަހަރު އެ ދެބައި މީހުންގެ މެދުގައި ހިނގް ވަރުގަދަ "ޖުލައި ހަނގުރާމަ" އަށް ފަހު އެ ދެ ބައި މީހުންގެ މެދުގައި ބަދަލު ކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.

ޖުލައި 2006 ގެ ހަނގުރާމަ ކުރީ ވަކި މުއްދަތަކަށް، 33 ދުވަހަށް ކަންނޭނގެ. އެހެންވެ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން އަހަރެމެންނަށް ލިބުނު އަނިޔާއާއި ވޭން ކޮންމެވެސް ވަރަކަށް ޙަޖަމްކޮށްލެވުނު. އެކަމަކު މިހާރު، ސުލްޙަ ފެންނާކަށް ނެތް ލޮލުގެ ކޮޅަށްވެސް. ހަނގުރާމަ ދިގުލައި ދާނީ ކިހާ ދުވަހަކަށް ކަމެއް އަހަރެމެންނަކަށް ނޭނގެ، ނުވިތާކަށް ދެން ވެދާނެ ގޮތެއްވެސް ނޭނގޭ... އަމިއްލަ ގެދޮރު ދޫކޮށް ނިކުތް ގިނަ ބަޔަކު ކުރާ ސުވާލެއް އޮވޭ. ކޮން އިރަކު ހޭ ގެއަށް ދެވޭނީ؟ ކޮން އިރަކުހޭ ހަނގުރާމަ ހުއްޓާލާނީ؟ އެއީ، އެއްވެސް މީހަކު ހީއެއް ނުކުރޭ މިހާ ގިނަ ދުވަހަށް، 5 މަހަށް ހަނގުރާމަގަނޑު ދިގުލައިފާނެ ކަމަކަށް. އަހަރެމެން ބުނަމުން ދިޔައީ، 1 ހަފުތާއޭ، ނޫނީ 2 ހަފުތާއޭ، ނޫނީ މަހެކޭ، އެކަމަކު އެހެންނެއް ނޫން، މިހާރު މި ވީ 5 މަސް.
ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް

ކަމާ ބެހޭ ޚާރިޖީ އިޒްރާތަކުން ދަނީ، ގެދޮރު ގެއްލި، ވަގުތީ ހިޔާތަކުގައި ހިޔާވަހިކަން ހޯދަމުންދާ މީހުންނަށް ރޯދަ ވީއްލޭނެ ގޮތް ހަމަޖައްސައިދެމުންނެވެ. ފޮއިލް ޓްރޭއަކަށް އަޅާފައި ހުރި ޖޫހާއި ލުބްނާންގެ ސެލަޑްއާއި ޖޫސް ފޮދެއް ބޯން އިނދެގެން ޢަބްﷲ ވަނީ އޭނާގެ އުފަން ފަސްގަނޑުގައި، ޢާއިލާއާއެކު ހޭދަކުރި ރޯދަމަހުގެ ހަނދާންތައްތައް އައު ކޮށްފައެވެ.

ރަމަޟާން މަހުގެ ފަރުޟު އަދާ  ކުރުމަށް ފަހު މިސްލިނުންނާ ބައްދަލު ކުރާ ފިޠްރު ޢީދު ހަދިޔާއަކަށް އެންމެ ރަނގަޅީ، ޢާއިލާއެކު، އުފަން ވަޒަނަށް ދެވުން ކަމަށާއި، ގެދޮރު ގެއްލުމުގެ ނުތަނަވަސްކަންވެސް ނިމުމަކަށް ގެނައުން ކަމަށް ޢަބްﷲ ބުންޏެވެ.

ކޮންމެ ދުވަހަކުވެސް ހޭލެވޭ އިރު، ޙާލު ރަނގަޅުކޮށް ތިބޭތީ އެއީ ހަމަ ޢީދަކަށް ވޭ. އެކަމަކު، އަސްލު ފިޠްރު ޢީދުގެ ހަދިޔާއަކަށް ބޭނުން ވަނީ، ގެދޮރު ދޫކޮށް ނިކުތް އެންމެންނަށް، އެމީހުންގެ އަވަށްތަކާއި ގެތަކަށް ދެވޭ ގޮތް ވުން. މީ އެންމެ ރަނގަޅު ހަދިޔާއަކަށް ވާނީ. ޙަޤީޤީ ޢީދަކަށް ވާނީ އޭރުން. އަދުގެ ޙާލަތުގަ، އަހަރެމެންގެ އަމިއްލަ ގެދޮރަށް އަނބުރާ ދެވުން.
ޢިމާދު ޢަބްދުﷲ؛ ގެދޮރު ގެއްލިފައި ވާ ލުބްނާން މީހެއް

ޣައްޒާ ކޮންޓްރޯލް ކުރާ ޙަމާސް ޖަމާޢަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ޙަމާސް ޖަމާޢަތުގެ ވަސް، މި ބިންމަތިން ފޮހެލާނެ ކަމަށް ވަޢުދުވަމުން، މިދިޔަ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު، ޣައްޒާގައި ޔަހޫދީން ހިންގަން ފެށި ޤަތުލުޢާންމު، އެހެން ހިސާބުތަކަށް ފެތުރިދާނެ ކަމުގެ އިންޒާރު، ދާއިރާގެ ތަޖުރިބާކާރުން ދަނީ ސިލްސިލާ ގޮތެއްގައި ދެމުންނެވެ.

- ކޮމެންޓް