ކ. މާލެ
|
12 ޖުލައި 2025 | ހޮނިހިރު 13:11
ލުބުނާނުގެ ވައިގެ ސިފައިންގެ ޑްރިލްއެއްގެ ތެރޭގައި ސުޕަ ޓޫކާނޯ އަސްކަރީ މަތިންދާބޯޓުތައް ޓާގެޓްތަކުގެ މައްޗަށް އުދުހެނީ
ލުބުނާނުގެ ވައިގެ ސިފައިންގެ ޑްރިލްއެއްގެ ތެރޭގައި ސުޕަ ޓޫކާނޯ އަސްކަރީ މަތިންދާބޯޓުތައް ޓާގެޓްތަކުގެ މައްޗަށް އުދުހެނީ
ރޮއިޓަރސް
އެމެރިކާ
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
ޕެންޓަގަން އިން ބުނެފައި ވަނީ، ހުއްދަ ދީފައިވާ އެ ޕްރޮޕޯސަލްގެ ސަބަބުން މެދު އިރުމަތީގެ ސިޔާސީ ހަމަޖެހުމާއި، އިޤްތިސާދީ ކެރި އެރުމަށް މުހިންމު ހިއްސާއެއް އަދާ ކުރާނެ ކަމަށެވެ.

ލުބުނާނަށް ބޭނުންވާ އެއާ ކްރާފްޓް އަދި އެތަކެތީގެ ސާމާނު ހިމެނޭ ގޮތުން، 100 މިލިއަން ޑޮލަރުގެ މުއާމަލާތެއް ކުުރުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުއްދަ ދީފި އެވެ.

ޕެންޓަގަން އިން ބުނެފައި ވަނީ، ހުއްދަ ދީފައިވާ އެ ޕްރޮޕޯސަލްގެ ސަބަބުން މެދު އިރުމަތީގެ ސިޔާސީ ހަމަޖެހުމާއި، އިޤްތިސާދީ ކުރި އެރުމަށް މުހިންމު ހިއްސާއެއް އަދާ ކުރާނެ ކަމަށެވެ. މީގެ އިތުރުން އެކަމުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ޚަރުދަނާވެ، އެމެރިކާގެ ޚާރިޖީ ސިޔާސަތާއި ޤައުމީ މަސްލަޙަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދާނެ ކަމަށް ބުނެފައިވެ އެވެ.

ޕެންޓަގަންގެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްރާއީލާއި، ހިޒްބުﷲ ޖަމާއަތާ ދެމެދު ޤާއިމު ކުރެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގެނައުމަށް ލުބުނާންގެ އަސްކަރިއްޔާ (އެލްއޭއެފް) ދެކުނު ލުބުނާންގައި ބޭތިއްވުމަށް ބާރު އަޅާފައިވާ ކަމަށެވެ.

ހުކުރު ދުވަހު ހުއްދަ ދީފައިވާ ޕްރޮޕޯސަލްގެ ސަބަބުން އެލްއޭއެފް އިތުރަށް ޚަރުދަނާވެ، ހަނގުރާމަ ހުއްޓާލުމުގައި އެހީތެރިވާނެ ކަމަށް ބުނެފައިވެ އެވެ. އެގޮތުން އޭ-29 މަރުކާގެ މަތިންދާ ބޯޓުތައް ބޭނުން ކުރަނީ ކްލޯޒް އާއި ސަޕޯޓާއި، މެންޑް އިންޓެލިޖެންސް، ސަވައިލެންްސް އެންޑް ރިކޮނިސެންސް (އައުއެސްއާރު)ގެ މިޝަންތަކަށެވެ.

މި ކަމުގެ މައި ކޮންޓްރެކްޓަރަކީ އެންވީގެ ސްޕާކްސްގައި ހުންނަ ސިއެރާ ނެވާޑާ ކޯޕަރޭޝަން (އެސްއެންސީ) ކަމަށާއި، އެމެރިކާގެ އެއްވެސް ކޮންޓްރެކްޓަރެއް ނުވަތަ ސަރުކާރުގެ ބައެއް އެކަމުގައި ހިއްސާވާން ނުޖެހޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޕެންޓަގަން އިން އިތުރަށް ބުނެފައި ވަނީ، މިގޮތަށް ވިއްކުމުގެ ސަބަބުން އެމެރިކާގެ ދިފާއީ ތައްޔާރީތަކަށް އަދި ސަލާމަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

- ކޮމެންޓް