ކަޓަރަކުން ބިރުދެއްކުމަށްފަހު ކުޑަކުއްޖެއްގެ މޯބައިލް ފޯނު ފޭރުނު މީހަކު ބަންދުކޮށްފިއެވެ.
މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާގެ މައްޗަށް ކޮށްފައިވަނީ ފޭރުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 30 މާޗު 2024ގައެވެ.
ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި، ކަޓަރަކުން ބިރުދެއްކުމަށްފަހު އުމުރުން 17 އަހަރުގެ ކުއްޖެއްގެ މޯބައިލް ފޯނު ފޭރުނުކަމަށް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައި ވާކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.