Advertisement
ކ. މާލެ
|
15 މާރޗް 2024 | ހުކުރު 13:10
ހުކުރު ނަމާދު
ހުކުރު ނަމާދު
ރާއްޖެއެމްވީ
ހުކުރު ހުތުބާ
"ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާކުރާ އަމަލުތައް ﷲ ބައްލަވާވޮޑިގެންވާކަން ދެނެގަނެ، ނަފްސު ތަހުޛީބުކުރުން"
ހުކުރު ހުތުބާގައި ބުނެފައި ވަނީ ރޯދަ އަކީ ހުރިހާ މާނައެއްގައި ލިބޭ ރައްކާތެރިކަމެއް ކަމަށް ހުތުބާގައި ބުނެފައިވޭ
ރޯދައިގެ ހިކުމަތަކީ ﷲ އަށް ބިރުވެތިވެ، ތަޤްވާވެރިވުން ކަމަށް ހުތުބާގައި ވަނީ ބުނެފައި
ހުތުބާގައި އިތުރަށް ބުނެފައި ވަނީ ރޯދަ އަކީ ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެ އާއި މެދުގައިވާ ސިއްރެއް ކަމަށް

ރޯދައިގެ އެންމެ މުހިންމު ހިކުމަތަކީ ސިއްރާއި ފާޅުގައި ތިމާ ކުރާ އަމަލުތައް ﷲތަޢާލާ ބައްލަވާ ވޮޑިގެންވާކަން ދެނެގަނެ ނަފްސު ތަހުޛީބުކުރުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނީ ރޯދަ އަކީ ހުރިހާ މާނައެއްގައި ލިބޭ ރައްކާތެރިކަމެއް ކަމަށެވެ. ރޯދަ ފަރުޟުކުރެއްވުމުގެ ހިކުމަތާއި، އޭގެ ފައިދާ ހާސިލްކުރެވޭނީ ﷲ އެންގެވި ގޮތަށް ރޯދަ ހިފައިގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ރޯދަ ހިފުމުގައި ކީރިތި ރަސޫލާގެ ސުންނަަތަށް ތަބަޢަވާން ޖެހޭކަން ހަނދުމަކޮށްދީފައިވެއެވެ. ރޯދަ އަށް ހުންނަ އިރު އިހުސާސްވާ ކަރުހިއްކުމާއި ބަޑުހައިހޫނުކަމުގެ ސަބަބުން މުޅި އަހަރު ހައިހޫނުކަމުގައި އުޅޭ ނިކަމެތި ފަގީރުންނާއި މިސްކީނުންގެ އިހުސާސް ދެނެގަނެވޭ ކަމަށާއި އެމީހުންނަށް އެހީވުމަށް ނަފްސު އެދި ގޮވާނެ ކަަމަށް ވަނީ ބުނެފައެވެ. އަދި ރޯދައިން ރޯދަވެރިޔާގެ ނަފްސު ތާހިރުކޮށް ޒީނަތްތެރި ކޮށްދޭ ކަމަށް ވަނީ ބުނެފައެވެ.

Advertisement

ރޯދައިގެ ހިކުމަތަކީ ﷲ އަށް ބިރުވެތިވެ، ތަޤްވާވެރިވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުތީބީ ފިލާވަޅެއް ކަމަށް ވަނީ ބުނެފައެވެ. ހުތުބާގައި އިތުރަށް ވުނެފައި ވަނީ މުޅި ދުވާލު ނުކައިނުބޮއި ހުރުމުން ޝަހުވަތްތެރިކަމާއި، ދުނިޔޭގެ ދަހިވެތިކަން ތިމާގެ ހިތުތެރެއިން ކުޑަވެ، ރޫހާނީ ބާރު އިތުރުވެގެންދާ ކަމަށެވެ. އަދި އެކަމުގެ ނަތީޖާ އަކީ ނުބައިކަންތައްތަކަށް އަރައިގަތުމާއި ދުރުހެލިވުން ކަމަށާއި، ދުލުން ހަޑިހުތުރު ބަސް ކިޔުމާއި ޒުވާބުކުރުމާއި ދުރުވާ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. ރޯދަ ހިފުމުގެ ސަބަބުން ފަގީރުންނާއި ނިކަމެތިންގެ ހާލަތު އިހުސާސްވެ އެފަދަ މީހުންނަށް އެހީވުމަށް ހިތްވަރު ލިބޭކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ރޯދަ އަކީ ރޯދަވެރިޔާ އާއި އޭނާގެ ވެރި ރަސްކަލާނގެ އާއި މެދުގައިވާ ސިއްރެއް ކަމަށެވެ. ރޯދަވެރިޔާ ރޯދަ ގެއްލޭ ކަންތައްތަކުން ދުރުހެލިވެ ހުންނަނީ މާތް ﷲގެ ރުއްސެވުން ހޯދުމަށްކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. ރޯދަވެރިޔާ އަށް އޭގެ މިންވަރު ނޭނގޭ ގިނަ ގުނަ ދަރުމަ ދެއްވުމަށް މާތް ﷲ ވައުދުކުރައްވާފައި ވަނީ މި އަޅުކަމުގެ އިޚުލާސްތެރިކަން ބޮޑުކަމުންކަން ހުތުބާގައި ހަނދުމަކޮށްދީފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް