Advertisement
ކ. މާލެ
|
13 މާރޗް 2024 | ބުދަ 12:11
 ޢަލީ ނަޝާޠު
ޢަލީ ނަޝާޠު
ސޯޝަލް މީޑިއާ
އިލެކްޝަންސް ކޮމިޝަންސް
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމަށް ނަޝާޠު އައްޔަންކުރައްވައިފި
ކުރިން މި މަޤާމުގައި ހުންނެވީ އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް މަޤާމަށް ޢަލީ ނަޝާޠު އައްޔަންކުރައްވައިފިއެވެ.

ކުރިން މި މަޤާމުގައި ހުންނެވީ އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުދަ ދުވަހު ބޭއްވި ކޮމިޝަނުގެ 820 ވަަނަ އާންމު ޖަލްސާގައި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް ނަޝާޠު އައްޔަންކުރެއްވިކަމަށް ބުދަ ދުވަހު އެކްސްގައި ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ.

Advertisement

އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ، 2024 މާރިޗު 12 ވީ އަންގާރަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި، އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމުގެ ދެ ދައުރު ފުރިހަމަކުރައްވާފައިވާތީ، ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 2024 މާރިޗު 13 ވީ ބުދަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާއިން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، ޢަލީ ނަޝާޠު ވަނީ އައްޔަނުކުރައްވާފައި ކަމުގައެވެ.

ޤާނޫނު ނަންބަރު 2008/08 (އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައި ބުނެފައިވަނީ، ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކު އައްޔަނުކުރާނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން، ކޮމިޝަނުގެ މެންބަރުންނެވެ. އަދި މިގޮތުން ކޮމިޝަނުގެ ރައީސަކާއި، ނައިބު ރައީސަކަށް ޢައްޔަންކުރާ ބަޔަކު، އެމަޤާމަށް ޢައްޔަންކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި ރައީސުލްޖުމްހުރީއްޔާއަށް ކޮމިޝަނުން އަންގަންވާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް