Advertisement
ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 13:54
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ކާބޯތަކެތި އަގުހެޔޮކުރުން
ރޯދަމަހު އެންމެ އަސާސީ ހުރިހާ ބާވަތެއް އަގުހެޔޮ ކުރާނަން: ރައީސް މުއިއްޒު
ކާބޯތަކެތި އަގުހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމުގައި ވިދާޅުވި
އަގުހެޔޮ ކުރާ ބާވަތްތަކުގެ ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވޭ

ރޯދަ މަހު އެންމެ އަސާސީ ހުރިހާ ބާވަތެއް އަގުހެޔޮ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޯދަމަހާ ދިމާކޮށް ވަކިން ޚާއްސަކޮށް، ކާބޯތަކެތީގެ އަގު ހެޔޮވާނެ ގޮތްތައް ހައްދަވައިދެއްވުން އެދި ރައްޔިތަކު ދެންނެވި ސުވާލަށް ރައީސް މުއިއްޒު ވިދާޅުވީ ކާބޯތަކެތި އަގުހެޔޮ ކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

Advertisement

ރަމަޟާން މަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރިކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކާބޯތަކެތި އަގުހެޔޮ ކުރުމަށްޓަކައި އިތުރަށް މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މުސްތަގުބަލުގައި މެދުރާސްތާ އަދި ދުރުރާސްތާގެ ޕްލޭނަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއްގެ ކާބޯތަކެތި ރާއްޖޭގައި އުފެއްދޭ ގޮތް ގާއިމްކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރުން ކަމަށެވެ. އެއާއެކު ކާބޯތަކެތީގެ އަގު ދަށްވެ ކުއަންޓިޓީ ވެސް ޔަގީންވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބަރަކާތްތެރި ރަމަޟާން މަސް ފެށިގެންދާއިރުގައި އެންމެ އަސާސީ ހުރިހާ ބާވަތެއް އެސްޓީއޯ މެދުވެރުކޮށް ގެނެވި އަގުހެޔޮ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ދޭ. މިހާރު ވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައިވަނީ. އަދިވެސް ހަމަ އިތުރު މަސައްކަތްތައް ކުރާނަން ކާބޯތަކެތީގެ އަގުހެޔޮ ކުރުމަށްޓަކައި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އެންމެ އަސާސީ ހުރިހާ ބާވަތެއް އަގުހެޔޮ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް އަގުހެޔޮ ކުރާ ބާވަތްތަކުގެ ތަފްސީލެއް އެމަނިކުފާނު ހިއްސާކުރައްވާފައެއް ނުވެއެވެ.

ރަމަޟާން މަހު އާއްމު ގޮތެއްގައި ތަކެތީގެ އަގުތައް އުފުލިގެންދެއެވެ. އަދި ވަކިން ހާއްސަކޮށް ބާޒާރުގައި ވިއްކާ ތަކެއްޗެވެ. އެގޮތުން މިފަހުން އަގު ބޮޑުވެގެން ދިޔައީ ލުނބޯގެ އަގެވެ. ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާ ގުޅިގެން އެސްޓީއޯއިން މިހާރު ވަނީ ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް