Advertisement
ކ. މާލެ
|
10 މާރޗް 2024 | އާދީއްތަ 13:08
ފެނަކަ ފީއަލީ ބްރާންޗުގެ އޮފީސް
ފެނަކަ ފީއަލީ ބްރާންޗުގެ އޮފީސް
ރާއްޖެ އެމްވީ
ފެނަކަ ކުންފުނި
ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
އޭނަ ފެނަކަ ކުންފުންޏަށް ގުޅުނީ 3 އޯގަސްޓު 2015 ގައި
އޭނާ މިހާރު ހުރީ ފެނަކަ ކުންފުނީގެ ފ ފީއަލީ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރެއްގެ މަޤާމުގައި

ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައިވަނިކޮށް ފެނަކަ ކުންފުނީގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

ފެނަކައިން ވަޒީފާއިން ވަކިކޮށްފައިވަނީ 3 އޯގަސްޓު 2015ން ފެށިގެން އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ ސާއިދާ ޙަސަން (ރަތްވިލާގެ، ފ ފީއަލީ) އެވެ.

އޭނާ ފެނަކަ ކުންފުނީގައި ވަޒީފާ އަދާކުރަމުންދާތާ 8 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

Advertisement

އޭނާ މިހާރު ހުރީ ފެނަކަ ކުންފުނީގެ ފ ފީއަލީ ބްރާންޗުގެ ޑެޕިއުޓީ މެނޭޖަރެއްގެ މަޤާމުގައެވެ.

ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމުގައި ބުނެފައިވަނީ، އޭނާ ވަޒީފާގައި އިތުރަށް ބަހައްޓައިފިނަމަ ކުންފުންޏަށް ގެއްލުންތަކެއް ވެދާނެކަމަށް ބުނެއެވެ.

ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން މީސްމީޑިއާގައި ހިއްސާކޮށް އޭނާ ވަނީ ފެނަަކަ އެ ކޯޕަރޭޝަނުން ދިން ރޯދަ ހަދިޔާއަށް ޝުކުރު އަދާކުރާކަމަށް ބުނެފައެވެ. އަދި ވަޒީފާގެ ބިރުދެއްކުމާއި އަނިޔާވެރިކަން ހުއްޓާލުމަށް ވެސް އޭނާ ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް