ކ. މާލެ
|
5 މާރޗް 2024 | އަންގާރަ 05:41
ފެމިލީ ކޯޓް
ފެމިލީ ކޯޓް
ޓްވިޓަރ
ފެމިލީ ކޯޓު
ޖެނުއަރީ މަހު 174 ކައިވެނިކޮށް، 88 ވަރި ކޮށްފި
މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް، އެ ކޯޓަށް ހުށަހެޅުނު 196 މައްސަލަތަކާއި، އޭގެ ކުރިން ހުރި މައްސަލަތަކުން، މުޅި ޖުމްލަ 185 މައްސަލަ އެ ކޯޓުން ވަނީ ނިންމާފައި

މިދިޔަ ޖެނުއަރީ މަހު މާލޭގައި 174 ކައިވެނިކޮށްދީ، 88 ވަރިކޮށްދީފައިވާ ކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

އެ ކޯޓުން ނެރުނު ތަފާސް ހިސާބުތަކުން ފެންނަ ގޮތުން، މިދިޔަ ޖެނުއަރީ މަހު ވަރީގެ ޖުމްލަ 133 މައްސަލަ ނިންމާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވަރިވުމަށް ހުށަހެޅި 63 މައްސަލައާއި، ވަރިކުރުމަށް ހުށަހެޅި 27 މައްސަލައާއި، ވަރި ސާބިތުކުރުމަށް ހުށަހެޅި 42 މައްސަލައިގެ އިތުރުން، ވަރިޔާ މެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލައެވެ.

މީގެ އިތުރުން، ހުސްވި ޑިސެމްބަރު މަހާއެކު ވަރި ވުމަށް ހުށަހެޅި މައްސަލަތަކުން، ވަރިވުމަށް 119 މައްސަލަ ހިމެނޭއިރު، ވަރި ކުރުމަށް 41 މައްސަލަ، ވަރި ސާބިތު ކުރުމަށް 48 މައްސަލަ އަދި ވަރިޔާ މެދު ޝައްކުވެގެން 2 މައްސަލައެއް ނުނިމި އެބަ އޮތެވެ.

އޭގެ ތެރެއިން މިދިޔަ ޖަނަވަރީ މަހު އެކަނި ވަރީގެ އެކި މައްސަލަތަކުން ޖުމްލަ 148 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެއާއެކު، މިދިޔަ ޖެނުއަރީގެ ނިޔަލަށް 210 ވަރީގެ މައްސަލައެއް ނުނިމި އޮތް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަރީގެ އިތުރުން، ފެމިލީ ކޯޓަށް ހުށަހެޅުނު މައްސަލަތުގެ ތެރެއިން ކުދިންނާ ގުޅުން ހުރި 9 މައްސަލައެއް ހުށަހެޅި، 11 މައްސަލައެއް ނިމިފައިވާއިރު، ޚަރަދުގެ 14 މައްސަލައެއް ހުށަހެޅި 12 މައްސަލައެއް ނިމި، ގެވެށި އަނިޔާއާ ގުޅުންހުރި 8 މައްސަލައެއް ހުށަހެޅި، 8 މައްސަލައެއް ނިމި އަދި އާއިލީ އެހެނިހެން 17 މައްސަލައެއް ހުށަހެޅި، 21 މައްސަލައެއް ވަނީ ނިންމާފައެވެ.

އެއާއެކު، މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް، އެ ކޯޓަށް ހުށަހެޅުނު 196 މައްސަލަތަކާއި، އޭގެ ކުރިން ހުރި މައްސަލަތަކުން، މުޅި ޖުމްލަ 185 މައްސަލަ އެ ކޯޓުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް