ކ. މާލެ
|
22 ޖޫން 2025 | އާދީއްތަ 17:12
ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ
ފެމިލީ ކޯޓަށް ބަޔަކު ވަންނަނީ
މިހާރު
ކައިވެނިކޮށްދޭ ޝަރުތު
ކައިވެނިކޮށްދޭ ޝަރުތުތައް ގާނޫނުގެ ދަށުން ހަރުކަށި ކުރަނީ
ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައި

ކައިވެނިކޮށްދޭ ޝަރުތުތައް ގާނޫނުގެ ދަށުން ހަރުކަށި ކުރަން ނިންމައިފިއެވެ.

ހޯމަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް މި އިސްލާހު ހުށަހެޅުމަށް ވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހަޅުއްވާ މި ބިލުގެ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކާވެނިކުރުމުގެ 11 ވަނަ މާއްދާގެ ފަހަތަށް އިތުރު ކުރުމަށް ދިވެހިރާއްޖޭގައި ކާވެނިކުރަން އެދޭ ފަރާތުން ކާވެނިކުރުމުގެ ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާރަށް ހުށާހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓު ކުރުމަށްފަހު އެޓެސްޓުގެ ނަތީޖާއާއެކު ކަމަށް ބުނެފައިވެއެވެ.

މި މާއްދާގެ (ހ)ގެ ދަށުން ހުށަހަޅާ ޓެސްޓުގެ ނަތީޖާއަށް ބަލައި، އެދެ ފަރާތަކީ ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކަމުގައިވާނަމަ އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު އެވެ.

މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި އެ އަކުރުގައި ބަޔާންކުރާ ޕްރޮގްރާމް ފުރިހަމަކުރަންޖެހޭ ފަރާތްތަކާއި، އެ ޕްރޮގްރާމްގައި އެކުލެވެންޖެހޭ ބައިތައް ހިމަނަންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ގާނޫނަށް މި އިސްލާހު ގެންނައިރު، ފެމެލީ ކޯޓުގައި މިހާރު ވެސް ކައިވެނި ކޮށްދެނީ ތެލަސީމިއާއަށް ޓެސްޓު ހެދުމަށްފަހު ކޮންމެވެސް އެކަކުގެ ކާޑު ހުށަހެޅުމުންނެވެ. ނަމަވެސް އެކަކު ތެލަސީމީއާގެ ވައްތަރެއް ނަމަ ދެ މީހުންގެ ކާޑު ހުށަހެޅުމަކީ މަޖުބޫރު ކަމެކެވެ.

- ކޮމެންޓް