ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 14:04
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ހުސައިން ޝަމީމް
ޕީޖީ ހުސައިން ޝަމީމް
ޕީޖީ ޝަމީމުގެ އަތުލިޔުއްވުން ފޮންޓަކަށް: "މަގޭ ހުސޭނު"
މިއީ 100 އިންސައްތަ ޚާލިސް ދިވެހި އުފެއްދުމަކަށް ވުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށް ވިދާޅުވި
"މަގޭ ހުސޭނު" ގެ ނަން ދެވުނު ސަބަބުތަކުގެ މައްޗަށް ބްލޮގްގައި އަލިއަޅުވާލައްވާފައިވޭ

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްގެ އަތުލިޔުއްވުންފޮންޓެއްގެގޮތުގައި ނެރުއްވައިފިއެވެ.

މި ފޮންޓު ނެރުއްވާފައިވަނީ ބުދަ ދުވަހު އާޓް ގެލެރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ، މިއީ 100 އިންސައްތަ ޚާލިސް ދިވެހި އުފެއްދުމަކަށް ވުމަކީ ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް ހިތްހަމަޖެހުން ކަމަށެވެ. އެގޮތުން މި ފޮންޓު ޑިޒައިން ކުރުމުން ފެށިގެން ގޮސް، ކުރެހުމާއި، ޑިޖިޓަލް މަސައްކަތްތަކަކީ ވެސް ދިވެހި މަސައްކަތްތައްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

މުޅިންވެސް ދިވެހިންގެ އަސްލު އޮރިޖިނަލް ވިސްނުން
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޝަމީމް ވިދާޅުވީ، އުއްމީދަކީ ރާއްޖޭގެ ސަރުކާރުތަކުން މިފަދަ ދިވެހި އުފެއްދުންތަކަށް ޚާއްސަ ބްރޭންޑު ނަމެއް ނުވަތަ "ރިކޮގްނިޝަނެއް" އޮތުން ކަމަށެވެ.

ޝަމީމް ވަނީ މި ފޮންޓާ ގުޅޭގޮތުން އޭނާގެބްލޮގްގައި ވެސްމައުލޫމާތު ހިއްސާ ކުރައްވާފައެވެ. އެގޮތުން ފޮންޓަށް "މަގޭ ހުސޭނު" ގެ ނަން ދެވުނު ސަބަބުތަކުގެ މައްޗަށް ބްލޮގްގައި އަލިއަޅުއްވާލައްވާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި