Advertisement
ކ. މާލެ
|
26 ފެބްރުއަރީ 2024 | ހޯމަ 13:04
އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ
ރާއްޖެއެމްވީ
ސަރުކާރުން މަޖިލީހުގެ ބާރުތަކަށް އަރައިގަތުން
މަޖިލީހުގެ ބާރުތަކަށް އަރައިގަނެ ވެރިކަމުގެ މިސްރާބު ޚުދުމުހުތާރުވެރިކަމާއި ދިމާލަށް ބަދަލުކުރަން ފަށައިފި - އީސަ
އެމްޑީޕީން ރާއްޖެ ހަމަމަގަށް އަޅުވާނެ ކަމަށް އީސަ ވަނީ ވިދާޅުވެފައި
އީސަ ވަނި މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވާތީ އެކަމާއި މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ބާރުތަކަށް އަރައިގަނެ މިހާރުގެ ސަރުކާރުން ވެރިކަމުގެ މިސްރާބު ޚުދުމުހުތާރުވެރިކަމާއި ދިމާލަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

މެންބަރު އީސަ ވިދާޅުވީ މިފަދަ ހާލަތުތަކުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ހޯދީ މީގެ ކުރިން ވެސް އެމްޑީޕީން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ. އެގޮތުން ރައްޔިތުން ގެނައި މަލްޓި ޕާޓީ ޑިމޮކްރަސީ ހިމާޔަތްކުރަން އެމްޑީޕީ އަކީ އަބަދުވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ޕާޓީ އެއް ކަަމަށާއި އެކަމަށްޓަކައި އެ ޕާޓިން އަބަދުވެސް ބޮޑެތި ގުރުބާނީތަކެއް ވަމުން އައި ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު އެމްޑީޕީން އަނެއްކާވެސް ނުކުތީ މިސްރާބުން ނައްޓާފައި އޮތް ސަރުކާރެއް ހަމަމަގަށް އަޅުވައި، ފާލަށް ގެންނަން ކަމަށް އޭނާ ވިދާޅުވިއެވެ. އީސަ ވަނީ އެމްޑީޕީން އޮތީ އެ މަސައްކަތަށް ފުރިހަމައަށް ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން ވަރުބަލިކަމެއް ނެތި އެ މަސައްކަތް ކުރާނެ ކަަމަށާއި މަޖިލިސް އިންތިޚާބު ކާމިޔާބުކޮށް ޚުދުމުހުތާރުވެރިކަމަކާއި ދިމާލަށް ރާއްޖެ ދަތުރުކުރުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް އީސަ ވަނީ ވިދާޅުވެފައެވެ.

Advertisement

މެންބަރު އީސަ ވިދާޅުވީ އެމްޑީޕީ އަކީ ޤައުމު ގޯސް މަގުން ދާއިރު ބަލަން އޮންނާނެ ޕާޓީ އެއް ނޫން ކަމަށެވެ. ޑިމޮކްރަސީ ފާލުން ނައްޓާލާ މިސްރާބު ގެއްލޭކަށް ދޫކޮށްލައިގެން ނުތިބޭނެ ކަމަށް ވެސް އީސަ ވަނީ ވިދާޅުވެފައެވެ. އެމްޑީޕީން މިހާރު ނިކުންނަނީ ކަށިން ހިތްވަރު ނެރެގެން ރައްޔިތުންގެ ބާރުވެރިކަން ދިފާއުކުރަން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީން ރާއްޖެ ހަމަމަގަށް އަޅުވާނެ ކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މަޖިލީހުގެ ބާރުތަކަށް ސަރުކާރުން އަރައިގަންނަކަމަށް ވިދާޅުވެ، ބައެއް މެންބަރުން ގެންދަވަނީ ކަންބޮޑުވުން ހިއްސާކުރައްވަމުންނެވެ. އިތުރަށް ވާހަކަދައްކަވަމުން އީސަ ވަނީ މަޖިލިސް އިންތިޚާބު ރޯދަ މަހު ބާއްވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް