Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 19:01
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
ރާއްޖެއެމްވީ
ރާއްޖޭގެ އިގްތިޞާދު
އިންވެސްޓްމަންޓް އައުމަށް އަދި އެނދު އިތުރުވުމަށް މަގުފަހިވާނީ ރިސްކް ނަގާ އެއަރޕޯޓް ތަރައްގީކުރީމަ - ފައްޔާޒް
އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެ
އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް މަގުފަހި ވެގެން ދާނެ

އިންވެސްޓްމަންޓް އައުމަށް އަދި އެނދު އިތުރުވުމަށް މަގުފަހިވާނީ ރިސްކްނަގާ އެއަރޕޯޓް ތަރައްގީކުރުމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ވަނީ މިހާރު އިންވެސްޓްމަންޓް އައުމަށް އަދި އެނދު އިތުރުވުމަށް މަގުފަހިވާނެ ކަންކަން ވަމުންދާ ކަމަށް ވިދާޅުވެފައެވެ. އެކްސްގައި ފައްޔާޒްކުރެއްވި ޓްވީޓެއްގައި އެފަދައިން ވިދާޅުވީ ހދ. ހަނިމާދޫ އެއާޕޯޓު ފީސަބަލް ކުރުމަށް ނުވަތަ ފައިދާއެއް ހޯދަން 8،000 އެނދު ބޭނުންވާ ކަމަށާއި އެކަން ކުރެވޭނީ 2.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އުތުރަށް ގެންގޮސްގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަވިދާޅުވެފައިވާތީ އެކަމާއި ގުޅިގެންނެވެ.

Advertisement

ރައީސް ޑރ. މުހައްމަދު މުއިއްޒު އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާގައި ވާހަކަ ދައްކަވަމުން ސައީދު ވަނީ ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމަށް ވަރަށް ބޮޑު އިންވެސްޓްމެންޓެއް ކުރީގެ ސަރުކާރުން ކޮށްފައިވާ ކަމަށް ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ފައިދާއެއް ހޯދާނެ ގޮތްތައް ފަހިކޮށްފައި ނެތް ކަމަށް ވިދާޅުވެ ސައީދު ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ. ހަނިމާދޫ އެއާޕޯޓު 130 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީ ކުރުމުގެ ނަމުގައި އެކަން ކޮށްފައި އޮތް އިރު 8،000 ޓޫރިސްޓު އެނދު ހަމައެކަނި އެ އެއާޕޯޓު ފީސަބަލް ކުރުމަށްޓަކައި ވެސް ބޭނުންވާ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

ސައީދު އިތުރަށް ވިދާޅުވީ އެ އެއާޕޯޓުން ނަފާއެއް ހޯދުމަށް އުތުރުގައި 4،000 ޓޫރިސްޓު ކޮޓަރި ބޭނުންވާ ކަމަށެވެ. އަދި މިހާރު ރިސޯޓުތަކަށް ކުރާ އިންވެސްޓްމެންޓްތަކުގެ ރޭޓުން ބަލާ ނަމަ އެއީ ގާތްގަނޑަކަށް 2.4 ބިލިއަން ޑޮލަރު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސައީދު މިފަދައިން ވިދާޅުވެފައިވާއިރު ހަނިމާދޫ އެއާޕޯޓް ޕްރޮޖެކްޓަށް އިންޑިއާގެ އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކުރާނެއެވެ. އަދި އެއާޕޯޓް ހެދުމުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް މަގުފަހި ވެގެން ދިއުމުގެ އިތުރުން އޭ 320 އަދި ބޮއިން 737 ބޯޓު ޖެއްސޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް